އައްޑޫގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ރޯވި މައްސަލައެއް ބަލަނީ

އައްޑޫ ސިޓީ ހިތަދޫގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. އަލިފާން ރޯވީ އައްޑޫ ހައި ސްކޫލްކައިރީގައި ހުންނަ އޮޓޯ ސާވިސް ރިޕެއާ ގަރާޖު ކައިރީގައި ޕާކުކ...

01 Dec 2020 | 06:55

އައްޑޫ ސިޓީ ހިތަދޫގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އަލިފާން ރޯވީ އައްޑޫ ހައި ސްކޫލްކައިރީގައި ހުންނަ އޮޓޯ ސާވިސް ރިޕެއާ ގަރާޖު ކައިރީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި އެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ރޭ ދަންވަރު 12:56 ހާއިރު ކަމަށެވެ.

ޕިކަޕުގައި ރޯވި އަލިފާން ގަނޑު ނިއްވާލީ އާންމުންނެވެ.

މ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު ޕިކަޕުގެ ކުރީކޮޅަށް އަލިފާން ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.

މި ހާދިސާ ފުލުހުން ދަނީ އިތުރުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް