ކޮވިޑުގައި އިތުރު ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 ގައި އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ. އެޗްއީއޯސީން ބުނެފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ހެލްތު އިމަޖެންސީ އޮޕަރޭޝ...

01 Dec 2020 | 06:17

ކޮވިޑް-19 ގައި އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.

އެޗްއީއޯސީން ބުނެފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ފަރުވާދެމުންދަނިކޮށް، މިއަދު ހެނދުނު 07:49 ހާއިރު މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މަރާއެކު، ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 47 އަސް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް