މުރަނގަ ފަތަކީ އަޅުގަނޑުމެންގެ މި ރާއްޖޭގައި ވަރަށް އާންމު ބާވަތެކެވެ. އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފަސޭހަކަމާ އެކު ލިބޭ އެއްޗެކެވެ. ހަމައެއާ އެކު ފެހިކަން ގަދަ އެ ފަތަކީ ކޮންމެ ތަނެއްގައި ވެސް ފަސޭހަކަމާ އެކު ހެއްދިދާނެ ބާވަތެއް ވެސް މެއެވެ.
ރާއްޖޭގައި މުރަނގަފަތް ބޭނުން ކުރާ ތަފާތު ގޮތްތަކެއް ހުރެއެވެ. ތެލުލައިގެންނާއި، ސެލެޑު ހަދައިގެން ވެސް ބޭނުންކުރެއެވެ. އަދި ބަތް ކާއިރު، ރޮލާވެސް ބޭނުން ކުރެއެވެ.
ހަގީގަތުގައިވެސް މުރަނގަ ފަތަކީ ސިއްހީ ގޮތުން ވަރަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެހެންކަމުން އެ ފަތުގެ ބައެއް ފައިދާތަކަށް ބަލައިލާނަމެވެ.
މުރަނގަ ފަތުގައި އެންޓި ކެންސަރު ކޮމްޕައުންޑުތައް ގިނަ އަދަދަކަށް އެކުލެވެ އެވެ. އެހެންކަމުން މުރަނގަ ފަތް ކެއުމުން ހަށިގަނޑުގައި ހުންނަ ކެންސަރު ސެލްތައް އިތުރުވިޔަ ނުދީ ކޮންޓްރޯލް ކޮށްދޭނެ އެވެ.
ދޮންކެޔޮ ވަކަކަށް ވުރެ ތިން ގުނަ އިތުރަށް ޕޮޓޭސިއަމް އެކުލެވޭ އެ ފަތް ކެއުމުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން ދުރުކޮށްދޭނެ އެވެ.
މުރަނގަ ފަތުގެ އިތުރު ފައިދާ ތަކަށް ބަލާ އިރު، އެ ފަތުގައި ކިރަށް ވުރެ ހަތަރު ގުނަ އިތުރަށް ކެލްސިއަމް ވެސް އެކުލެވެ އެވެ. ގާތުން ކިރުދޭ މީހުންނަށް މުރަނގަ ފަތް ވީހާ ވެސް ގިނައިން ކެއުމަށް ޑޮކްޓަރުން ލަފާ ދެނީ އެ ސަބަބަށްޓަކަ އެވެ.
އެ ފަތުގައި ވިޓަމިން ސީ އަދި ވިޓަމިން އޭ ވެސް ގިނަ އަދަދަކަށް އެކުލެވެ އެވެ. ހަމައެއާ އެކު އެ ފަތް ކެއުމުން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަދީ ބޮލުގެ ރިހުންވެސް ކުޑަކޮށްދޭނެ އެވެ.
އެހެންކަމުން، ކޮންމެ ދުވަހަކު ވެސް މުރަނގަފަތް ބޭނުން ކުރުމަށް އާދަ ކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް