ބޮލީވުޑްގެ މަޝްހޫރު ދެ ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރުވެފައިވާއިރު ކައިވެންޏަށް ދަނީ ތައްޔާރުވަމުންނެވެ.
މީގެ ކުރިން ސިއްރުކޮށްގެން އުޅުނު ނަމަވެސް މިހާރު ދެމީހުން އެކުގައި އާންމުން ތަންތަނުން ފެނެ އެވެ. އަދި އެކީގައި ދިރިއުޅޭކަންވެސް ބައެއް މީޑިއާ ރިޕޯޓަކުގައި ބުނެފައިވެ އެވެ.
އެގޮތުން މިދިޔަ ލޮކްޑައުން ތެރޭގައި ރަންބީރު އާލިއާ ގޭގައި ދިރިއުޅެފައިވެ އެވެ. އެއް ގެއެއްގައި ދިރިއުޅުމުގެ ބަދަލުގައި ވީހަވެސް ރަންބީރާއި ކައިރީގައި އުޅުމަށް މިފަހަރު އާލިއާ ގަތީ ރަންބީރު މުމްބާއީގެ ބާންދްރާގައި ދިރިއުޅޭ އެޕާޓްމެންޓް ހުންނަ އިމާރާތުން އެމާޓްމެންޓެކެވެ.
އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާގައި ރަންބީރު ދިރިއުޅޭއިރު އާލިއާ ގަތީ ފަސް ވަނަ ފަންގިފިލައި ހުންނަ އެޕާޓްމެންޓެކެވެ. އެ އެޕާޓްމެންޓު އާލިއާ ގަތީ32 ކްރޯޑު ރުޕީސްއަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އާލިއާ އާއިލާ އާއި ވަކިން ދިރިއުޅެން ބޭނުން ވެގެން މުމްބާއީގެ ޖޫހުން އެޕާޓްމެންޓެއް ގަތީ2017 ވަނަ އަހަރު އެވެ.
ދެ މީހުން ކައިވެނީގެ އަޑު މިދިޔަ އަަހަރުން ފެށިގެން ވެސް ދައްކަމުން އައިއިރު އެމީހުން ކައިވެނިކުރަން ނިންމީ މިއަހަރުގެ މެއި މަހު އެވެ. ނަމަވެސް ލޮކްޑައުން ތެރޭގައި މަރު ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ބަލިވުމާއި ކޯވިޑްގެ ބަލިމަޑުކަން ފެތުރުމާ އެކު ކައިވެނި ކުރުން އޮޮތީ ފަސްކޮށްފައި އެވެ.
އާލިއާ އާ ރަންބީރު އެކުގައި ފެނިގެންދާ އެންމެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް