އައްޑޫ ސިޓީގައި ބޭއްވި ކާނިވަލުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އިން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ
ކާނިވަލަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފިއެވެ.

ބުދަ ދުވަހުން ހުކުރާއި ހަމައަށް ތިން ދުވަހުގެ
މުއްދަތަށް ކުރިއަށްގެންދިޔަ މި ކާނިވަލުގައި ކުޑަކުދިންގެ ގޭމުތަކާއި ކާބޯތަކެތި
ވިއްކާ މަގުބޫލު ވިޔަފާރިތަކުގެ ސްޓޯލްތައް ހުއްޓެވެ.

އައްޑޫ ސިޓީގެ އެކި ސްކޫލުތަކުގެ ދަރިވަރުންގެ ހުށަހެޅުންތަކާއި
މަގުބޫލު ބޭންޑުތަކާއި ރޯބޯ މޭންވެސް ފެނިގެންދިޔަ މި ކާނިވަލުގައި ތިން ދުވަހު
ކޮންމެ ދުވަހަކުވެސް ލަކީ ޑްރޯ ކުރިއަށްގެންދިޔަ ލަކީ ޑްރޯގައި ޖުމުލަ ހަތަރު
ސައިކަލު އިނާމުގެގޮތުގައި ދޫކޮށްފައިވެއެވެ.
މި ކާނިވަލަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން
ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް