ތޯތޯ ދުވަހެއް ނޫން – ނޮވެމްބަރު މި ފެށުނީ ބޮޑު މަނަލަކާއި ބޮޑު ހުއްދަޔަކުން

ތާރީޚަކީ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހެވެ. މި ތާރީޚް ވެގެން މިދަނީ ދިވެހި ތާރީޚްގައި ތާރީޚީ ދުވަހަކަށެވެ. ބޮޑު ދެ ސަބަބެއް އެބަ އޮތެވެ. އެއް ކަމަކީ ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް ފ...

01 Nov 2025 | 07:51
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މި އަހަރުގެ މޭ 31 ވަނަ ދުވަހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމަށް ފަހު، ތަސްދީގާ ގުޅޭ ލިޔުމާ އެކު އެ މަނިކުފާނު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފައިލް ފޮޓޯ: ރައީސް އޮފީސް

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މި އަހަރުގެ މޭ 31 ވަނަ ދުވަހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމަށް ފަހު، ތަސްދީގާ ގުޅޭ ލިޔުމާ އެކު އެ މަނިކުފާނު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފައިލް ފޮޓޯ: ރައީސް އޮފީސް

ތާރީޚަކީ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހެވެ. މި

ތާރީޚް ވެގެން މިދަނީ ދިވެހި ތާރީޚްގައި ތާރީޚީ ދުވަހަކަށެވެ. ބޮޑު ދެ ސަބަބެއް

އެބަ އޮތެވެ.

އެއް ކަމަކީ ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް

ބިނާކުރުމަށް ފަށާ ޖެނެރޭޝަން ބޭން ފެށުމެވެ. އަނެއް ކަމަކީ ކަށިމިޔަރު މަސްވެރިކަން

ހުއްދަވުމެވެ. ބޮޑު މަނަލަކާއި ބޮޑު ހުއްދައެކެވެ.

ޖެނެރޭޝަން ބޭން އަށް ބަލައިލާއިރު ދުންފަތް

ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް މެއި މަހު ގެނައި އިސްލާހާއެކު އަންނަ ބަދަލަކީ

2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް އަދި އުފަންވާނެ ކުދިންނަށް

ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވުމެވެ.

އެ އުސޫލަށް ޢަމަލުކުރަން މިއަދުން ފެށިގެން

ފެށޭއިރު ދުންފަތުގެ ބާވަތްތައް ދެން ވިއްކޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު

ކަމުގައި މިވަނީ ވެފައެވެ.

ބިލު ތަސްދީގުކުރެއްވި ދުވަހު ރައީސް ވިދާޅުވީ ސިޔާސަތަކީ

ދިވެހި މުޖުތަމަޢުއަކީ ޞިއްޙަތު ރަނގަޅު، ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ޤައުމަކަށް ހެދުން

ކަމަށާއި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ މުޖުތަމަޢުގައި ހުރި މިފަދަ

ނުރަނގަޅު އާދަތައް ނައްތައިލެވިދާނެ ކަމަށެވެ.

ތަފާސް ހިސާބުތަކަށް ބަލައިލާއިރު

"މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022"

އަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން މީހުން ބަލިމަޑުކަމާއި

ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ދުންފަތާއި ގުޅުންހުރި ގައިންގަޔަށް

ނާރާ ބަލިތަކެވެ.

ހިތުގެ ބައްޔާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި،

ހަކުރު ބައްޔާއި ކެންސަރު ބައްޔަށް ހުށަހެޅޭ އާއްމު އެއް ހިރާސް އަކީ ދުންފަތުގެ އިސްތިޢުމާލު

ކުރުމާއި ދުންފަތުގެ ދުމަށް ހުށްހެޅުމެވެ. ރާއްޖޭގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ   ގާތްގަނޑަކަށް %84 މީހުންނަކީ މިފަދަ ބަލިތަށް

ޖެހިގެން މަރުވާ މީހުންނެވެ. އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީވެސް މިފަދަ

ބަލިތަކަށް ފަރުވާ ދިނުމަށެވެ.

ގައިންގަޔަށް ނާރާބަލިތަކުގެ ހިރާސްތަކަށް ހުށްހެޅޭ

ނިޞްބަތް ދެނެގަތުމަށް 2020-2021 ގައި ކުރި ސަރވޭ (ސްޓެޕްސް ސަރވޭ) ގެ ނަތީޖާ ދައްކާގޮތުން،

ރާއްޖޭގެ ކޮންމެ 4 މީހަކުން 1 އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހެކެވެ. ސްކޫލް އުމުރުފުރައިގެ

ކުދިންގެ ގާތްގަނޑަކަށް %45 ކުދިން ދުންފަތުގެ ނުވަތަ ނިކޮޓިން ގެ ކޮންމެވެސް ބާވަތެއް

ބޭނުންކުރާކަމަށް 2019 ގައި ހެދި ސަރވޭ (ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭ) އިން ވަނީ ފާހަގަ

ކުރެވިފައެވެ. އަދި އުމުރުން 8 އަހަރުގެ ކުދިންވެސް ދުންފަތުގެ އިސްތިޢުމާލުކުރަން

ފަށާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ފާއިތުވި އަހަރުތަކުގެ މޯލްޑިވްސް ކަސްޓަމްސް ގެ ތަފާސް

ހިސާބުތަކަށް ރިޢާޔަތްކުރާއިރު، އެވްރެޖް ގޮތެއްގައި އަހަރަކު 460 މިލިއަން ސިނގިރޭޓް

އެތެރެކުރާއިރު ސިނގިރޭޓާއި ދުންފަތުގެ އެހެން ބާވަތްތަށް އެތެރެކުރުމަށް އެވްރެކްކޮށް

އަހަރަކު 1.1 ބިލިއަން ހޭދަ ކުރެއެވެ. ނެޝަނަލް ހެލްތު އެކައުންޓްސް ގެ ހިސާބުތައް

ދައްކާގޮތުން، ޞިއްޙީ ޚިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖް ގޮތެއްގައި ޖީ.ޑީ.ޕީ ގެ

9.7% ނުވަތަ ސަރުކާރުގެ ބަޖެޓްގެ %19 ހޭދަވެއެވެ.

ނޮވެމްބަރު އެކެއް ވާ މި ހޮނިހިރު ދުވަސް ޚާއްޞަ ވާ

ދެވަނަ ސަބަބަކީ ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން މިއަދުން ފެށިގެން ހުއްދަ

ދޭން ފެށުމެވެ.

މި ކަމަށް ގަވާއިދު އެކުލަވައިލާ އިއްޔެ އެ

ގަވާއިދު ގެޒެޓުކޮށް އެ ގަވާއިދަށް މިއަދުން ފެށިގެން މިވަނީ ޢަމަލުކުރަން ފަށާފައެވެ.

ކަށިމިޔަރު މަސްވެރިކަމަށް އަލުން ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ

މި އަހަރުގެ އޯގަސްޓް މަހުގެ 26ގައި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި

ވެވަޑައިގެންނެވި ވަޢުދެފުޅެކެވެ.

ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން

ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމާ

ގުޅުންހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާކަމަށާއި،

އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން

ނިންމަވާފައިވާކަމަށެވެ. އެހެންކަމުން، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް

އެމަނިކުފާނު ގޮވާލެއްވިއެވެ.

އެ ގަވާއިދަށް ބަލައިލާއިރު

- ލަފާދޭ ކޮމިޓީއެއް އެކުލަވައިލުން

ކަށިމިޔަރު މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނަށް ލަފާދޭ

ކޮމިޓީއެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ ހަ މަސްތެރޭގައި އެކުލަވައިލަން މަސްވެރިކަމާބެހޭ

ވުޒާރާއަށް މި ގަވާއިދު ލާޒިމު ކުރެއެވެ.

އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ

ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރާނެ ގޮތުގެ ތަފުސީލު އަހަރަކު

އެއް ފަހަރު މިނިސްޓަރަށް ދިނުން ހިމެނެއެވެ.

- ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ލައިސަންސްތައް

ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ކަށިމިޔަރު

ޕްރޮސެސް ކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ތަންތަނާއި ކަށިމިޔަރު ސަޕްލައި

ކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނަގަންޖެހޭ

ކަމަށާއި ލައިސަންސް ދޫކުރެވޭނީ އެންމެ ގިނަވެގެން ޖުމުލަ 40 އުޅަނދަށް ކަމާއި ލައިސަންސް

ދޭނީ ހުށަހަޅާ ތަރުތީބުންކަން ގަވާއިދުގައި ފާހަގަކޮށްފައިވެއެވެ. އަދި ލައިސަންސްގެ

މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށްވެސް ގަވާއިދުގައި ފާހަގަކޮށްފައިވެއެވެ.

- ލައިސަންސްގެ ބާވަތާއި މުއްދަތާއި ފީ

ތިން ބާވަތެއްގެ ލައިސަންސް ހިމެނެއެވެ. އެއީ:

* މަސްވެރިކަން ކުރާ އުޅަނދަށް ދޫކުރާ ލައިސަންސް

މި ލައިސަންސްގެ މުއްދަތަކީ 12 މަސް ދުވަސް، ފީ އަކީ

2،000 ރުފިޔާ

* ޕްރޮސެސް ކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް

މި ލައިސަންސްގެ މުއްދަތަކީ  12 މަސް ދުވަސް، ފީ އަކީ 5،000 ރުފިޔާ

* ސަޕްލައި ކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް

މި ލައިސަންސްގެ މުއްދަތަކީ 12 މަސް ދުވަސް، ފީއަކީ

3،000 ރުފިޔާ

އެ ގަވާއިދުގައި ބުނެފައިވާގޮތުގައި ކަށިމިޔަރުގެ މަސްވެރިކަމުގެ

ހަރަކާތްތައް ހިންގޭނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގައި ކަށިމިޔަރުގެ މަސްވެރިކަމުގައި

ބާނާ މަހުގެ އެއްވެސް ބައެއް،ގަވާއިދުގައި ބަޔާންކުރާ ބަނދަރުތަކުންކުރެ ބަނދަރަކަށް

ގެނައުމުގެ ކުރިން، އޭގެ ހަށިގަނޑުން ވަކި ކުރުމަކީ މަނާކަމެއް ކަމާއި އަދި ބަނދަރަށް

ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއްކަން

ފާހަގަކޮށްފައިވެއެވެ.

- ގަވާއިދުގައި ބަޔާންކޮށްފައިވާ ބަނދަރުތަކަކީ

* ހދ. ކުޅުދުއްފުށީ ބަނދަރު

* ށ. ފުނަދޫ ބަނދަރު

* ރ. މަޑުއްވަރީ ބަނދަރު

* އއ. ހިމަންދޫ ބަނދަރު

ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަށް

އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެއްކަންވެސް ގަވާއިދުގައި ފާހަގަކޮށްފައިވެއެވެ.

- ޖޫރިމަނާތަކަށް ބަލައިލާއިރު

* ލައިސަންސް ލިބިފައިވާ ފަރާތްތަކުން މަނާކޮށްފައިވާ

އެއްވެސް ބާވަތެއްގެ މަސްވެރިކަން ކޮށްފިނަމަ ހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާއެއް

* މަނާތަނެއްގައި ކަށިމިޔަރުގެ މަސްއްވރިކަން ކޮށްފިނަމަ

އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަދި ތަކުރާރުވާނަމަ ކޮންމެ ފަހަރަކު ބައި ލައްކަ

އިތުރުކޮށް ޖޫރިމަނާކުރުން، ގިނަވެގެން ހަތަރު ލައްކައާއި ހަމައަށް

* އެހެން ބާވަތެއްގެ މިޔަރަށް އަމާޒުކޮށްފިނަމަ އެއް ލައްކަ

ރުފިޔާއިން ޖޫރިމަނާކޮށް ތަކުރާރުވާ ކޮންމެ ފަހަރަކު ބައި ލައްކަ އިތުރުކޮށް ހަތަރު

ލައްކައާއި ހަމައަށް ގެންދިއުން

* ލައިސަންސް ނެތި ކުރާނަމަ ހަތަރު ލައްކަ ރުފިޔާއިން

ޖޫރިމަނާކުރުން

* ބިދޭސީން ގެންގުޅޭނަމަ ކޮންމެ ބިދޭސީއަކަށް 10 ހާސް

ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ

* ލައިސަންސް ނެތި ކަށިމިޔަރު ޕްރޮސެސް ކުރާނަމަހަތަރު

ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ

* އެހެން ބަނދަރަކަށް މަސްކިރާނަމަ ހަތަރު ލައްކަ ރުފިޔާއިން

ޖޫރިމަނާ ކުރާނެ

ގަވާއިދު އިތުރަށް ކިޔައިލަން ގެޒެޓުގެ ލިންކް: https://gazette.gov.mv/gazette/7371

ނިމުނީކީ ނޫނެވެ. މިއަދު އަލަށް ފެށޭ ކަމެއްވެސް އެބަ

އޮތެވެ. އެއީ ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި

ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް