ކޯވިޑް-19 އަށް އިތުރު 42 މީހުން ޕޮސިޓިވް ވެއްޖެ

ކޯވިޑް-19 އަށް އިތުރު42 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 20 މީހުންނާއި އަތޮޅުތެރެއިން 22 މީހުންނެވެ. އެއީ 19 ދިވެހިންނާއި 23 ބިދޭސީންނެވެ. ކޯވިޑަށް މިއަދު ޓެސްޓުކޮށްފައި...

01 Nov 2020 | 17:45

ކޯވިޑް-19 އަށް އިތުރު42 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 20 މީހުންނާއި އަތޮޅުތެރެއިން 22 މީހުންނެވެ. އެއީ 19 ދިވެހިންނާއި 23 ބިދޭސީންނެވެ.

ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 1،920 ސާމްޕަލެވެ.

ކޯވިޑް-19 ޖެހިގެން މިހާޜު ފަރުވާ ދެމުން ދަނީ 773 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 51 މީހަކަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 243 މީހުން އެބަތި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 10،883 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. އޭގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 69 މީހުން ރަނގަޅުވެފައި ވެއެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖއިން ޕޮސިޓިވްވެފައިވަނީ 11،701 މީހުންނެވެ. އޭގެ ތެރެއިން 38 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް