ޗެމްޕިއަންސް ލީގުގައި މި މަހުގެ 29 ވަނަ ދުވަހު ތުރުކީގެ އިސްތަންބުލް ބަސަކްސަހިރާއި ދެކޮޅަށް ކުޅެ ޕީއެސްޖީ މޮޅުވި މެޗުގައި ފައިގެ ފަލަމަސްގަނޑަށް އަނިޔާ ލިބުނު ނޭމާއަށް އެންމެ އަވަހައް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ހަތަރު ހަފްތާ ފަހުންކަމަށް އޭނާގެ ކުލަބު ޕީއެސްޖީން ބުނެފިއެވެ.
ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ ނޭމާގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އާދެވެން އަދި ހަތަރު ހަފްތާ ނަގާނެ ކަމަށެވެ.
ނޭމާއަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުރިއިރު، ޕީއެސްޖީ ލީގުގައި ކުޅޭ ގިނަ މެޗުތަކެއް ނޭމާއަށް ގެއްލޭނެ އެވެ. އެގޮތުން މިހާރުވެސް ބައެއް މެޗުތައް ނޭމާއަށް ގެއްލިފައިވާއިރު، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިމަހުގެ 4 ވަނަ ދުވަހު ޖަރުމަންގެ އާރްބީ ލެއިޕްޒިގް އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައިވެސް ނޭމާއަށް ނުކުޅެވޭނެއެވެ.
ޕީއެސްޖީގައި މޮޅ ުކުޅުމެއް ދައްކަމުން އަންނަ ނޭމާވަނީ އެޓީމަށް މި ސީޒަނުގައި ކުޅެދިން ހަ މެޗުން ދެލަނޑު ކާމިޔާބުކޮށް ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް