ބްރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ބްރިޖާއި ގުޅިފައިވާ ހަލި މަގު (ހައިވޭ)ގައި ކަމަށެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހަލިމަގުގައި މަސައްކަތެއްކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށާއި މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:35 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 25 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އޭނާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް