ކޯޓުތަކުން ބޮޑެތި އަދަދުތަކުން ޖޫރިމައިނާ ނަގައި ދިނުމަކީ ނާޖާއިޒު ފައިދާ ހޯދުމަށް ހުޅުވައިދެވޭ ދޮރެެއް ކަމަށް ހައި ކޯޓުން ބުނެފި އެވެ.
ހައި ކޯޓުން ކުރިއަށް ގެންދިޔަ އިސްތިއުނާފީ އަޑު އެހުމެއްގެ ހުކުމް ކުރަމުން ފަނޑިޔާރު ވިދާޅުވީ، ދެ ފަރާތުގެ މެދުގައި ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ބައެެއް ފަހަރު ކޯޓުތަކުން ބޮޑެތި އަދަދުތަކުން ޖޫރިމާނާ ނަގައިދީފަ އެވެ. އަދި އެފަދަ މައްސަލަތަކުގައި ޖޫރިމަނާ މާ ބޮޑުވާނަމަ، އެ ޖޫރިމަނާގެ އަދަދު ކޯޓުން ކުޑަ ކުރަން ޖެހޭނެ ކަމަށެވެ. އަދި މީގެ ކުރިން ސުޕްރީމް ކޯޓުގައި ނިންމި ދެ މައްސަލައެއްގައި ޖޫރިމަނާގެ އަދަދު އެކަށީގެންވާ މިންވަރަށް ބޮޑުވެގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އަދި ބޮޑު އަދަދުން ޖޫރިމަނާ ނަގައި ދިނުމަކީ ނާޖާއިޒު ފައިދާ ހޯދައިދޭން ހުޅުވާލެވޭ ދޮރެއް ކަމަށް ތިން ފަނޑިޔާރުން ތިއްބެވި މަޖިލިސްއެއްގައި ދެ ފަނޑިޔާރުންގެ އައުލައްބިޔަތުން ކުރެއްވި ހުކުމުގައި ފަނޑިޔާރު ވިދާޅުވި އެވެ.
މިއަދު ކުރިއަށް ދިޔަ އެ އިސްތިއުނާފުގެ އަޑު އެހުމަކީ، އިމާރާތެއްގެ އެތެރޭގެ މަސައްކަތެއް ކުރުމަށް ފަހު، އެއަށް ފައިސާ ނުދެއްކި މައްސަލަައެއްގަ އެވެ. އެ މަސައްކަތުގެ އަގަކީ 150،000 ރުފިޔާ ކަމަށް ވިޔަސް، ފައިސާ ނުދައްކާ ހޭދަވި މުއްދަތަކަށް ޖޫރިމަނާއާ އެކު 889،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް އެ ފައިސާ ދައްކަން ޖެހޭ ފަރާތުން ވަނީ މިދިޔަ ހަފުތާގާއި ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އެ އިސްތިއުނާފުގެ އަޑު އެހުން ބޭއްވީ މިއަދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް