އެމްއެންޑީއެފްއާއި އިންޑިއާގެ ކޯސްޓު ގާޑާ ގުޅިގެން ސިލްސިލަކޮށް ކުރިއަށް ގެންދާ "ސާފޭސް ސަވައިލަނަސް ޕެޓްރޯލް" އޮޕަރޭޝަންގައި ބައިވެރިވާން އެގައުމުގެ ކޯސްޓުު ގާޑުގެ އުޅަނދެއް ރާއްޖެ އައިސްފި އެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ، އިންޑިއާ ކޯސްޓު ގާޑުގެ އުޅަނދު ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އިންޑިއާގެ އުޅަނދާއި ރާއްޖޭގެ ކޯސްޓުގާޑާ ގުޅިގެން މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހާއްސަ އިގުތިސޯދީ ކަނޑުގެ ސަރަޙައްދުގެ ސާފޭސް ސަވައިލަންސް ޕެޓްރޯލް ކުރާނެ ކުރާނެ ކަމަށެވެ.
މިއީ މިގޮތަށް ކުރިއަށް ގެންދާ 71 ވަނަ ސާފޭސް ސަވައިލެންސް ޕެޓްރޯލް އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެމްއެންޑީއެފްއިން ކަނޑައަޅާ ވަކި ސަރަހައްދެއްގަ އެވެ. އޮޕަރޭޝަންގެ ތެރެއިން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާނެ އެވެ.
ސާފޭސް ސަވައިލެންސް ޕެޓްރޯލް އޮޕަރޭޝަން ފަށާފައިވަނީ 2009 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް