ދަރަނި އަދާ ނުކުރަން ވެގެން ސާޖަރީ ހަދައިގެން ސިފަ ބަދަލުކޮށްފި

ދަރަނި އަދާ ނުކުރަންވެގެން ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ބަދަލުކޮށް ފިލައިގެން އުޅުނު އަންހެނަކު ޗައިނާއިން ހައްޔަރުކޮށްފިއެވެ. ޗައިނާގެ ފުލުހުން ބުނާ ގޮތުގައި މެދުތެރެ ޗައިނާގެ ވޫހާން އަވަށް ނިސް...

01 Nov 2020 | 07:40

ދަރަނި އަދާ ނުކުރަންވެގެން ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ބަދަލުކޮށް ފިލައިގެން އުޅުނު އަންހެނަކު ޗައިނާއިން ހައްޔަރުކޮށްފިއެވެ.

ޗައިނާގެ ފުލުހުން ބުނާ ގޮތުގައި މެދުތެރެ ޗައިނާގެ ވޫހާން އަވަށް ނިސްބަތް ވާ އުމުރުން 59 އަހަރުގެ ޒޫ ނަޖުއާން ނަމަކަށް ކިޔާ މި އަންހެން މީހާ ހައްޔަރުކުރީ ޗައިނާގެ އިރުދެކުނު ސަހަރެއް ކަމަށްވާ ޝެންޒެންގައި ފިލައިގެން އުޅެނިކޮށެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އަންހެން މީހާގެ ސިފަ ހުރީ އުމުރުން ތިރީހަކަށް އަހަރުގެ މީހެއްގެ ގޮތަށް ބަދަލުކޮށްފައެވެ. އަދި އޭނާ ހޯދުމަށް ފުލުހުން އާންމުކުރި ފޮޓޯތަކާއި އޭނާ ސާޖަރީ ހަދައިގެން ހުރިއިރު ނެގި ފޮޓޯތަކާއި އެއްވެސް ވަރަކަށް ވައްތަރު ނޫންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

" އެ އަންހެން މީހާގެ ސިފަ ހުރީ އުމުރުން އެންމެ 30 އަހަރުގެ އަންހެނެއްހެން. ވަރަށް ވެސް ތަފާތު. އަހަރެމެން އޭނާ ހޯދުމަށް އާންމު ކުރި ފޮޓޯ ތަކާއި ވެސް މުޅިން ތަފާތު. ވައްތަރެއްވެސް ނޫން" ފުލުހުން ބުނެފައިވެއެވެ.

މި އަންހެން މީހާ މިގޮތަށް ސާޖަރީ ހަދައިގެން ފިލައިގެން އުޅުނީ 3.71 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާ ކުރުމަށް ކޯޓަކުން އޭނާގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ.

ފުލުހުން ބުނާ ގޮތުން މި އަންހެން މީހާ ހައްޔަރުކުރީ ޗައިނާގެ އިރުދެކުނު ސަހަރެއް ކަމަށްވާ ޝެންޒެންގައި ފިލައިގެން އުޅެނިކޮށެވެ.

ޗައިނާގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިގޮތަށް ފިލައިގެން އުޅޭ މީހުން ޗައިނާގައި ގިނައެވެ.

ޗައިނާގެ ޒިންހުއާ ނޫސް އޭޖެންސީން ޚަބަރު ފަތުރާ ގޮތުގައި ވުހާން ސަހަރުން ވެސް ވަނީ މި އަހަރުގެ ތެރޭގައި ދަރަނި އަދާ ނުކުރާ 186 މީހުން ހައްޔަރު ކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް