ތޭރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދޮން ބައްޕަ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މ، ފ، އަދި ދ އަތޮޅު ހިމެނޭ ފުލުހުންގެ ސެންޓަރަލް ޑިވިޝަން އިން 13 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރުހުރި މަގާމެއްގައި ހުރެ ޖިންސީ ގޯނާ ކުރި މައްސަލާ އެ އިދާރާއަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެކުއްޖާގެ ދޮންބައްޕަ ހައްޔަރުކުރީ ރޭ ދަންވަރު ވަގުތެއްގަ އެވެ.
އަދި މިހާރު ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުނަށް މިހާރު އަދަބުން ރެކެވޭނެ ގޮތެއް ނޯންނާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ކުރިން ބުނެފަ އެވެ. ވަރަށް ފަހުން ވެސް ވަނީ ނުވަ އަހަރުގެ ކުއްޖަކަށް ބެހުނު ދޮންބައްޕައަކަށް 15 އަހަރުގެ ޖަލު ހުކުމެ އިއްވާފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަށް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފުލުހުންނަށް ހުށަހެޅޭ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް