ކަނޑިންމަ ރިސޯޓުން 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓުވެއްޖެ އެވ. މިއީ ދ. އަތޮޅުގައި އޮންނަ ރިސޯޓެކެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއީ ފުރަ ބަންދަށް ލުއިދިން ފަހުން ރިސޯޓަކުން އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓުވި ފަހަރެވެ. ކޮހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ވިދާޅުވީ ކަނޑިންމަ ރިސޯޓުން ނެގި 20 ސުންކުގެ ތެރެއިން 17 ސުންކެއް ޕޮޒިޓްވެފައިވާ ކަމަށެވެ. އަދި ރިސޯޓުން ފައްސިވި މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މީގެއިތުރުން ކޮންޓެކްޓް ޓްރޭސިން އާއި އިތުރު ސުންކު ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރިވަމުން ގެންދަވާ ކަމަށް ވެސް އެޗްއީއޯސީއިން ވަނީ ބުނެފަ އެވެ.
ކަނޑިންމަ ރިސޯޓު މިހާރު ވަނީ މޮނިޓަރިން ހަލާތުގަ އެވެ.
އެޗްއީއޯސީން ބުނެފައިވަނީ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރުވެރިންނަށް ފުރައިގެން ދެވޭނީ ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވް ވުމުން ކަމަށެވެ.
އެ ރިސޯޓު އިއްޔެ ހާލު ދެރަވެގެން ދ. ކުޑަހުވަދޫއަށް އަށް ގެންދިޔަ މީހަކު ވަނީ ބައްޔަށް ޕޮޒިޓުވެފަ އެވެ. އޭނާ ބައްޔަށް ޕޮޒިޓުވިކަން އެގުނީ ނިޔާވެގެން ވަޅުލި ފަހުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް