މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު މަންފާއެއް ހޯއްދެވި ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރުގެ ކަމުގެ މަގާމުގައި ހުންނެވި ޝުއައިބު އަލީ ވިދާޅުވެެއްޖެ އެވެ.
ޝުއައިބަކީ އެމްޑީޕީއިން އުފެއްދުމުގައި ވެސް އަދި އެމްޑީޕީގެ އިސްލާހީ ހަރާކާތްތަކުގައި އެންމް ކުރީންސުރެ ފެށިގެން މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެ މަސައްކަތުގެ ތެރެއިން ޖަލުގައި ވެސް ވަަރަށް ގިނަ ދުވަސް ވަންދެން ބަންދުވާން ޖެހުނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީއިން ބައާވާތެއް ކުރަން އުޅޭ ކަމުގެ ތުހުމަތު ޝުއައިބު ވަނީ ކޮށްފަ އެވެ. އެގޮތުން މަޖިލިސް މެދުވެރިކޮށް ނަޝީދު ބޮޑުވަޒީރު ކަމުގެ އަންނަން ބޭނުންވާކަމަށް ޝުއައިބު ވަނީ ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ނަޝީދު ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަތަށް ދޮގުކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ބޮޑު ވަޒީރުކަން ބޭނުންވާނަމަ ދުރާލާ އެކަން އަންގާނެ ކަމަށެވެ.
ޝުއައިބު މަގާމުން ވަކިކޮށްފައިވަނީ ނަޝީދު އިސްވެ ހުރެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރަން އުޅުނު ދުވަސްވަރު އެކަމަ ގުޅުވައި ރައީސް ސޯލިހުއާ ނަޝީދުގެ ކާޓޫނު ކުރަހައި ހެދުމުންނެވެ. އެ ކާޓޫނުގައި މައިގަނޑު ގޮތެއްގައި ސިފަކޮށްދީފައިވަނީ ރައީސް ސޯލިހުއާ ނަޝީދުގެ ދެމެދުގައި އޮތް ވާދެވެރިކަމެވެ.
ސްރިލަންކާގައި މިހާރު ދިރިއުޅެމުންދާ ޝުއައިބު ގެންދަވަނީ ނަޝީދާ ވަރަށް ދެކޮޅުވެރިކަން ހާމަކޮށް ޓުވީޓު ކުރަމުންނެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން ނަޝީދަށް ފައިދާވި ކަމަށް ޝުއައިބު ވިދާޅުވިއިރު، ނަޝީދަށް ލިބުނު ފައިސާ އެމްޑީޕީގެ މެމްބަރުންނަށް ސަދާގަތް ކުރެއްވި ކަމަށް ވެސް ޝުއައިބު ތުހުމަތު ކުރެއްވި އެވެ. އަދި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނައިބު ރައީސްގެ މަގާމަށް ގެންނަން ވެގެން އޭރުގެ ސަރުކާރުން ގާނޫނުތަށް އިސްލާހުކުރަން ހުށަހެޅި ހުށަހެޅުންތަށް ފާސްކުރަން ވޯޓުދޭ ގޮތުމުގެ މަތިން ދިން ފައިސާ ކަމަށް ވެސް ޝުއައިބު ތުހުމަތުު ކުރެއްވި އެވެ.
އެމްޑީޕީގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވި ޝުއައިބުގެ ވާހަކަތައް މިހާރު ހުރީ ނަޝީދާ ދެކޮޅަށެވެ. އޭނާ ނަޝީދާ ދެކޮޅުވާން ފެށީ މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ގޯތި ހޯދައިދޭނެ ކަމަށްބުނެ ވި ވައުދު ސަރުކާރުން ފުއްދަމުންނުދާ ކަމަށޤ ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް