ދެހާސް އެކަވީސް ވަނަ އަހަރަށް ލަފަ ކުރެވޭ ދައުލަތުގެ ބެޖެޓު ފިނޭސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފި އެވެ.
މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުނީ 2020 ވަނަ އަހަރުގެ ބަޖެޓަކީ 35 ބިލިއަން ރުފިޔާ ކަމަށެވެ. ބަޖެޓުގެ އިތުރު ތަފްސީލު ދެއްވާނީ މަޖިލީހަށް ވަޑައިގެން ފިނޭސް މިނިސްޓަރު އިބްރާހީމު އާމިރު އެވެ.
ކޮވިޑް-19 އިގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
މީގެ ކުރިން ފިނޭސުން ބުނެފައިވަނީ ރިވައިޒު ބަޖެޓުތަށް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އެހެންކަމުން މިއީ އެ ބަޖެޓުކަމަށް ބެލެވެ އެވެ. ރިވައިޒް ބަޖެޓާއި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި މާ ބޮޑު ތަފާތެއް ނުހުންނާނެ އެވެ. ބޮޑު ބަޖެޓާ ނަމްބަރުތައް ގާތްގަނޑަކަށް އެއްވަރު ވާނެ އެވެ.
މާލިއްޔަތު ގާނޫނު ބުނާ ގޮތުން ކުރީ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހެއެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އިގްތިސޯދު ހުޅުވާލަން ހެދި ސިނާރިއޯ ސާވޭގައިވާ ގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ތިން ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީގެ ގޮތުގައި އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 2.9 ބިލިއަން ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް