ލ. ފޮނަދޫ ކުރިގަމު އަވަށު ޒުވާނުންގެ ޓީމަކުން އިސްނަގައިގެން ބާއްވާ “ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020” ރޭ ފަށައިފިއެވެ.
“ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020” ރޭ ފެށިގެން ދިޔައިރު، މި މުބާރާތަކީ 4 ގުރޫޕަކަށް ބަހާލައިގެން ޖުމްލަ 16 ޓީމު ބައިވެރިވެގެން ކުރިޔައްދާ މުބާރާތެކެވެ.
ރޭ ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައި ފެށި “ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020” މުބާރާތް ހުޅުވިގެން ދިޔައީ ކޮރޯ އެފްސީ އަދި ފަހިވެށި ބައްދަލުކުރި މެޗުންނެވެ. މި ދެޓީމު ބައްދަލުކުރި މެޗުން 3-4 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފައިވަނީ ފެހިވެށީންނެއެވެ. އަދި މި މެޗްގެ ޕްލޭޔަރ އޮފް ދަ މެޗަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާ ދެ ލަނޑުޖެހި ޖަހައިދިން ފެހިވެށި ޓީމުގެ ޖާޒީ ނަމްބަރ 7 އައިޝަރު އެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލާމު ބްލޫސް އާއި ޑީބީ ސްޕޯޓްސްވެ. މި މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ލާމު ބްލޫސް އެވެ. މި މެޗުގެ ޕްލޭޔަރ އޮފްދި މެޗުގެ މަގާމަށް ހޮވިފައިވަނީ މެޗުގައި ތިން ލަނޑު ޖަހައިދިން ޖާޒީނަމްބަރ 19 ބާރީ އެވެ.
ރޭ މި މުބާރާތުގައި ކުޅުނު ތިން ވަނަ މެޗުގައި ބައްދަލުކުރީ އެފްޔޫއާރް އެފްސީ އަދި ޖީ ސްޓާރ ޓީމެވެ. މި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އެފްޔޫއާރް އެފްސީ އެވެ. މި މެޗުގެ ޕްލޭޔަރ އޮފްދި މެޗުގެ މަގާމަށް ހޮވިފައިވަނީ ޖާޒީނަމްބަރ 10 އަޙުމަދު ނަދީމް އެވެ.
މިރޭވެސް މި މުބާރާތުގެ 3 މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ޑިޓްރޮއިޓްސް އާއި ޖީއެޗް ސްޕޯޓްސް ކުލަބު ބައްދަލުކުރާއިރު، 21:00 ގައި ކުޅޭ ދެވަނަ މެޗުގައި އެމްވީ އެކްސްޕްރެސް އަދި އެމްވައިއެވެ. އަދި މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ގޯޅި ޖޫނިއަރސް އާއި ކަންމަތީ ސްޕޯޓްސް ކުލަބް އެވެ. މި މެޗު ފަށާނީ މިރޭ 22:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް