އައިޝްވާރްޔާ ބައްޗަން ބޮލީވުޑަށް ތައާރަފުވި ފުރަތަމަ ދުވަސް ވަރު ރިލީޒްވި ބައެއް ބޮޑެތި ފިލްމުތަކުން އޭނާއަށް ފުރުސަތު ގެއްލުމުގެ ފަހަތުގައި ޝާރުކްހާން ވާ ކަމަށް އޭނާ ބުނެފި އެވެ.
އައިޝަވްރާއާއަށް ލީޑްރޯލް ކުޅެން ދޭން ނިންމުމަށް ފަހު އޭނާ ބާކީކުރި މުހިންމު ފިލްމުތަކުގެ ތެރޭޣައި "ވީރުޒާރާ" ފަދަ ފިލްމުތައް ހިމެނެ އެވެ. އެ ފިލްމުތަކުގައި އޭނާއަށް ލީޑްރޯލް ދޭނެކަން ޕްރޮޑަކްޝަން ޓީމުން މަޝްވަރާ ކުރުމަށްފަހު އަންގާ ކަމަށާއި އޭގެ ފަހުން ދެން ހަބަރެއް ނުވެ މައުލޫމާތު ހޯދަން އުޅުމަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އައިޝްވާރްޔާ މީޑިއާގައި މި ފަހުން ބުނެފައިވެ އެވެ.
އޭގެ ސަބަބެއް އޭނާއަށް ނޭނގޭ ކަމަށް ބުނެ، ބުނެފައިވަނީ ކޮންމެސް ކަމެއް އެކަމުގެ އަޑީގައި ވާކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ޝާރުކް އެކަމަށް މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި އެއްބަސްވެފައިވާކަން ނުސީދާކޮށް އިންޓަވިއު ކުރި ފަރާތާއި އެކު ދެކެވުނު ވާހަކައިގަ އެއްބަސްވެފައިވާ ކަމަށް ބުނެ އައިޝްވާރްޔާ ވާހަކަ ދެއްކި އެވެ.
ޝާރުކް ބުނެފައިވަނީ ބައެއް ފަހަރު އޭނާ އާއި އެކު ލީޑް ރޯލް ކުޅޭ ތަރިން ހިޔާރު ކުރުމުގައި ފިލްމު އުފައްދާ ފަރާތްތަކުން ހުށަހަޅާ ބައެއް ބަތަލާއިންގެ ނަންތަކަށް ނޫނެކޭ ބުނެފިވައި ހުންނާނެ ކަމަށެވެ. އެއީ އަމިއްލަ ޒާތީ ދިރިއުޅުމާއި ގުޅޭ ބައެއް ކަންކަމާއި ގުޅިގެން ކަމަށެވެ.
އެގޮތުން އައިޝްވާރްޔާގެ ނަން ފާހަގަ ކުރި ނަމަވެސް އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.
އައިޝްވާރްޔާ ބުނީ އެ ކަންކަމާއި މިހާރު ނުވިސްނާ ކަމަށެވެ. އަދި އެއީ ކީއްވެތޯ ކިހިނެތް ވީ ކަމެއްތޯ ބަލަން ބޭނުން ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް