ޕްރމިއާ ލީގް: ވެސްޓްހޭމް އަތުން ލިވަޕޫލް މޮޅުވެއްޖެ

ޕްރިމިއަރ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުން ވެސްޓްހޭމުގެ މައްޗަށް އެ ޓީމު ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. ވެސް...

01 Nov 2020 | 03:36

ޕްރިމިއަރ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުން ވެސްޓްހޭމުގެ މައްޗަށް އެ ޓީމު ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

ވެސްޓްހޭމް އަތުން ރޭ ލިވަޕޫލުން ހޯދި މި މޮޅާއެކު އެ ޓީމު ވަނީ އެޓީމުގެ އަމިއްލަ ދަނޑުގައި ބަލިނުވެ 63 މެޗު ހަމަކުރި ރެކޯޑާ އަރާ ހަމަކޮށްފައެވެ.

މެޗުގައި މޮޅަށް ކުޅެ ގިނަވަގުތު ބޯޅަ ހިފެހެއްޓައިގެން ކުޅުނީ ލިވަޕޫލުންނެވެ. އެހެން ނަމަވެސް ވެސްޓްހޭމުގެ ގޯލަށް މާގިނަ ހަމަލާތަކެއް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސްޓްހޭމް އެވެ. ލިވަޕޫލްގެ ޖޯސެފް ގޮމޭޒް ބޯޅަ ދިފާއުކޮށް ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގައި އާތަރ ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ފޯނަލްސްއެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ މުހަންމަދު ސަލާހެވެ. މިއީ އޭރިއާ ތެރެއިން ވެސްޓްހޭމުގެ އާތަރ، ސަލާހަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ދެޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ފަހު ހާފަށް ކުޅެން ނިކުމެ ލިވަޕޫލުން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސްމިނެޓަށް ވެފައިވަނިކޮށް އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ލިވަޕޫލް އަށް ކާމިޔާބު ކޮށްދިނީ ޖޯޓާއެވެ. ޝަގީރީގެ ތަނަވަސްކޮށްދިން ފުރުސަތެެއްގައި ޖޯޓާ މި ލަނޑު ކާމިޔާބުކޮށްފައިވާއިރު ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ޕްރިމިއަރ ލީގުގައި އެންފީލްޑުގައި ކުޅުނު ފުރަތަމަ ތިން މެޗުގައިވެސް ލަނޑެއް ކާމިޔާބުކޮށްފައިވާ ދެވަނަ ކުޅުންތެރިއާއަށެވެ.

މި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ ތާވަލްގެ އެއްވަނައަށް އަރާފައެވެ. ދެވަނައިގައި އެވަޓަން އޮތީ އެއް މެޗު މަދުން ކުޅެ ލިވަޕޫލަށްވުރެ ތިން ޕޮއިންޓް މަދުން 13 ޕޮއިންޓާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް