ސިހުރު ހަދާކަމުގެ ތުހުމަތުގައި ވަންދޫން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

ސިހުރު ހަދާކަމުގެ ތުހުމަތުގައި ތ. ވަންދޫއިން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ އިއ...

01 Oct 2026 | 18:13
ތ. ވަންދޫ --

ތ. ވަންދޫ --

ސިހުރު ހަދާކަމުގެ ތުހުމަތުގައި ތ. ވަންދޫއިން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ އިއްޔެ ހަވީރު 6:05 ހާއިރު އެވެ.

އެ މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ ވަންދޫއަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ ވަންދޫ މިސްކިތެއްގައި މަސައްކަތް ކުރާ ވަގުތީ މުދިމެކެވެ. އެ ރަށު ކައުންސިލުން މީޑިއާގައި ބުނީ އެއީ ދާއިމީ މުދިމެއް ނޫން ކަމަށާއި އެއީ މިސްކިތް ބެލެހެއްޓުމަށް ވަގުތީ ގޮތުން ހަވާލުކޮށްފައިވާ މީހެއް ކަމަށެވެ.

ސިހުރާއި ގުޅުން ހުރި އެ މީހާގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް