މިއަދު ކޮވިޑް ޖެހުނު ދިވެހިންނާއި ބިދޭސީންގެ އަދަދު ގާތްގަނޑަކަށް އެއްވަރެއްގައި

މިއަދު ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 63 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލޭ ސިޓީން 51 މީހަކާއި އަތޮޅު ތެރެއިން 12 މީހެއް ކަމަށެވެ. ޕޮސިޓިވްވި މީހުންގެ ތެރޭ...

01 Oct 2020 | 17:16

މިއަދު ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 63 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލޭ ސިޓީން 51 މީހަކާއި އަތޮޅު ތެރެއިން 12 މީހެއް ކަމަށެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 32 ބިދޭސީންނެވެ.

މިއަދު 1،628 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.

މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،126 މީހުންނަށެވެ. އޭގެ ތެރެއިން 79 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 9،187 މީހުން ވަނީ ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިދަށް ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 10،354 އަށް އަރާފައި އެވެ. އޭގެ ތެރެއިން 34 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް