ނިމިގެން ދިޔަ ސީޒަނުގެ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އަށް ލިބިއްޖެއެވެ.
މިއެވޯޑު ލެވެންޑޯސްކީ ހާސިލުކުރީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އާއި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާއާ ވާދަކޮށެވެ.
ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު އިރު، ލެވެންޑޯސްކީ އަށް ވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ފޯވާޑުގެ މަގާމު ވެސް ލިބިފައެވެ.
ލެވެންޑޯސްކީ މި އެވޯޑު ކާމިޔާބުކުރިއިރު މިދިޔަ ސީޒަނުގައި އޭނާ ވަނީ ބަޔާން އަށް ޖަރުމަނު ލީގާއި، ޖަރުމަނު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އުމުރުން 32 އަހަރުގެ ލެވެންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާން އަށް ކުޅެދިން 47 މެޗުގައި 55 ގޯލު ކާމިޔާބުކޮށް 10 އެސިސްޓު ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް