މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ދެވަނަ ކްއާޓަރގައި ސައުދީ އަރަބިއްޔާގެ އިގްތިސޯދު ހަތް ޕަސެންޓް ދަށަށް ސޮއްސާލައިފި އެވެ.
ސައުދީ ސަރުކާރުން ހާމަކުރި ހިސާބު ތަކުގައިވާ ގޮތުން އިގްތިސޯދު ދަށްވުމުގެ އިތުރުން ވަޒީފާ ނެތް މީހުންގެ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ދުނިޔޭގައި ސާފު ނުކުރާ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓް ކުރާ ސައުދީގެ ތެލުގެ އެކްސްޕޯޓް ވެސް މިދިއަ އެޕްރީލް އިން ޖޫންގެ ނިޔަލަށް ވަނީ 5.3 ޕަސެންޓަށް ދަށްވެފައިވާ އިރު، މި ގޮތަށް ދިމާވަން މެދުވެރިވި ސަބަބަކީ ކޮރޯނާ ވައިރަސްގެ ބަލާއާފާތުގެ ސަބަބުން ތެލަށް ބަރޯސާ ވާވަރު ދަށްވެފައި ވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އަހަރުގެ ދެވަނަ ކްއާޓަރ ގައި ސައުދީގައި ވަޒީފާ ނެތް މީހުންގެ އަދަދު 15.4 ޕަސެންޓަށް އަރާފައިވާ ިއރު، މިއީ މިހާތަނަށް ވަޒީފާ ނެތް މީހުންގެ އަދަދު އެންމެ މައްޗަށް އެރި ފަހަރެވެ.
ދުނިޔޭގައި ތެޔޮ އެންމެ ގިނައިން އެކްސްޕޯޓު ކުރާ ގައުމުތަކުގެ މެދުގައިވި ވަގުތީ އެއްބަސްވުމެއްގެ ސަބަބަބުން ތެލުގެ އަގު ފީފާ އަކަށް 40 ޑޮލަރަށް މައްޗަށް ވަނީ ގޮސްފައެވެ. އެކަމަކު އެއީ މިއަހަރު ފެށުނު އިރު ތެލުގެ އަގު ހުރި ވަރަށް ވުރެ 40 ޕަސެންޓް ދަށް އަދަދެކެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ބުނާ ގޮތުގައި ސައުދީގެ ބަޖެޓް މިއަހަރު އެއްވަރެއްގައި ހިފެހެއްޓުމަށް ތެޔޮ ފީފާ އެއްގެ އަގު 76 ޑޮލަރު ގައި ހިފަހައްޓަން ޖެހުނަސް މިހާރު ތެލުގެ އަގު ހުރި މިންވަރަކީ އެ އަދަދާއި ކައިރިކުރާ މިންވަރެއް ނޫނެވެ.
ސައުދީގެ އިގްތިސާދުގެ 80 ޕަސެންޓް ބިނާ ވެފައިވަނީ ތެލުގެ އާމްދަނީގެ މައްޗަށެވެ.
އައިއެމްއެފް އިން ލަފާ ކުރާ ގޮތުގައި މި އަހަރު ސައުދީ އިގްތިސޯދި 6.8 ޕަސެންޓް ދަށަށް ދާނެ އެވެ. އެކަމަކު އަންނަ އަހަރު 3.1 ޕަސެންޓްގެ ކުރިއެރުމެއް އިގްތިސާދަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް