ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލް ދައްކަވައިގެން 10 ކަސްޓަމަރަކަށް 1000 ރުފިޔާ ލިބުމުގެ ފުރުޞަތު ހުޅުވާލައިފި

ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލް ދައްކަވައިގެން 10 ކަސްޓަމަރަކަށް -/1،000 ރުފިޔާ ލިބުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ. ސްޓެލްކޯ އިން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ އޮކްޓޯބަރު މަހުގެ ނިޔަލަ...

01 Oct 2020 | 12:58

ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލް ދައްކަވައިގެން 10 ކަސްޓަމަރަކަށް -/1،000 ރުފިޔާ ލިބުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ.

ސްޓެލްކޯ އިން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކަވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދައްކަވާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށްވާކަށް ނުޖެހޭ ކަމަށެވެ.

" އޭގެ ކުރީ މަހުގެ ބިލްތައް ދެއްކެވިނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ. ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅު." ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އެޕްލިކޭޝަނުން ފަސޭހަ ކަމާއެކު ބިލް ދައްކާލެވި، ބިލަށް އަރާވަރު އަމިއްލަ އަށް ހިސާބު ކޮށްލެވޭނެ އިރު، އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގޮރައިޒް ކޮށްލެވޭނެ އެވެ. އަދި އެޕުން ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައިހުރި ގޮތް ބަލާލެވޭނެ އެވެ.

މިއީ ފައިލް ސައިޒް ވަރަށް ކުޑަ، އެޕްލިކޭޝަނަކަށްވާ އިރު، އެޕް ސްޓޯރާއި, ޕްލޭ ސްޓޯރުން ފަސޭހަކަމާއެކު މި އެޕް މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.އަދި އެޕްލިކޭޝަން ބޭނުން ކުރައްވާ ފަރާތްތަކަށް ކޮންމެ މަހަކުވެސް ބިލް ލިބޭ އިރު، ބިލް ޑައުންލޯޑް ވެސް ކުރެއްވޭނެ އެވެ.

މި ޕްރޮމޯޝަންގައި ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓުން މަތީގެ އެއްވެސް ފަރާތަކަށް ބައިވެރިނުވެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް