ހުކުރު މިސްކިތް މަރާމާތުކުރުމަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވައިފިއެވެ.
ކޮވިޑާ ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ހުކުރު މިސްކިތް ހުޅުވާފައިވަނީ މިއަދުގެ އަޞުރު ނަމާދު ވަގުތު އެވެ.
ކޮވިޑް19 އާއި ގުޅިގެން އެޗްޕީއޭ އާއި ކަމާއިބެހޭ އިދާރާތަކުން ދެމުންދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ ގެ ފަރާތުން އެދިލައްވައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ހުކުރު މިސްކިތް ބަންދުކުރީ މިސްކިތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ އާބާތުރަ ފިލުވުމަށެވެ.
ލޮކްޑައުނަށްފަހު މިދިޔަ މެއި މަހު، މިސްކިތް އަލުން ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުނެފައިވީ ނަމަވެސް އެ މަސައްކަތް ނިންމުން ލަސްވެގެންދިޔައީ ކޮވިޑްގެ ސަބަބުން ނެވެ.
މުޅި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމައިފައިވަނީ އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
މާލޭގެ ހުކުރު މިސްކިތަކީ ދުނިޔޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް