ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި ވަން ސްޓޮޕް ޑައެބެޓީސް ސެންޓަރ ހުޅުވައިފި

ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި ވަން ސްޓޮޕް ޑައެބެޓީސް ސެންޓަރ ހުޅުވައިފި އެވެ. އައިޖީއެމްއެޗް އިން ބުނީ ހަކުރު ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ނެޝަނަލް ޑައެބެޓީސް ސެންޓަރ ހުޅުވާފައި...

01 Oct 2020 | 08:38

ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި ވަން ސްޓޮޕް ޑައެބެޓީސް ސެންޓަރ ހުޅުވައިފި އެވެ.

އައިޖީއެމްއެޗް އިން ބުނީ ހަކުރު ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ނެޝަނަލް ޑައެބެޓީސް ސެންޓަރ ހުޅުވާފައިވަނީ މިއަދު ކަމަށެވެ. އަދި މިއީ މިފަދަ ބަލިމީހުންނަށް އެއް ފުރާޅެއްގެ ދަށުން މި ޚިދުމަތް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމުކަމެއް ކަމުގައި ވާތީ، ހުޅުވި ސެންޓަރެއް ކަމަށެވެ.

"މި ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެންދާނެ ސެންޓަރެއް. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލް ކުރާ ފަރާތްތަކުގެ ކެއުން ބަހައްޓާނެ ގޮތާމެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނޭ" އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފުރަތަމަ އެޕޮއިންޓްމަންޓަށްފަހު، އެނބުރި އަންނައިރު ކުރިން ރިވިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓް ވެސް ހަމަޖެހިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މުސްތަގުބަލުގައި އެސެންޓަރުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ހަނދާން ކޮށްދިނުމުގެ ގޮތުން އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކަށް މެސެޖެއް ލިބޭނެ އިންތިޒާމާއި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނޭ ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ. އަދި އަތޮޅުތެރޭގައި މިކަމާ ބޭހޭގޮތުން މައުލޫމާތު ދިނުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމާއި ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ދިރާސާތައް ކުރުން ހިމެނޭ ކަމަށްވެސް އައިޖީއެމްއެޗުން ބުނެ އެވެ.

އައިޖީއެމްއެޗުން ބުނީ ކައިރި މުސަތްގުބަލެއްގައި މި ޑައެބެޓީސް ސެންޓަރއެއް ވިއުގައެއްގެ ތެރެއިން އެހެން ރަށްތަކާއި ގުޅުވާލުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް