ކުވައިތުގެ އާ އަމީރު ޝައިހް ނަވާފު މަގާމުގެ ހުވާ ކުރައްވައިފި

ކުވައިތުގެ އާ އަމީރު ޝައިހް ނަވާފް އަލް އަހުމަދު އަލް ސަބާހް، މަގާމުގެ ހުވާ ކުރައްވައިފި އެވެ. އެމަނިކުފާނުގެ ކުވައިތުގެ އަމީރު ކަމަށް އައްޔަން ކުރީ ކުވެއިތުގެ އަމީރު ޝައިހް ސަބާހް އަލް އަހުމަދު އަލް ...

01 Oct 2020 | 07:47

ކުވައިތުގެ އާ އަމީރު ޝައިހް ނަވާފް އަލް އަހުމަދު އަލް ސަބާހް، މަގާމުގެ ހުވާ ކުރައްވައިފި އެވެ.

އެމަނިކުފާނުގެ ކުވައިތުގެ އަމީރު ކަމަށް އައްޔަން ކުރީ ކުވެއިތުގެ އަމީރު ޝައިހް ސަބާހް އަލް އަހުމަދު އަލް ސަބާހް އިއްޔެ ރޭ އަވަހާރަވުމުންނެވެ. ހުވާ ކުރެއްވުމާއި ހަމައަށް އާ އަމީރު ހުންނެވީ ކުވައިތުގެ ވަލީއަހުދުގެ މަގާމުގައި އެވެ.

އިއްޔޭ ރޭ ކުވައިތުގެ އަމީރު ޝައިހް ސަބާހު އަވަހާރަވީ އެމެރިކާގެ މިިނިސޯޓާގައި އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް އުމުރުން91 އަހަރުގައި އެވެ.

ކުވައިތުގެ އާ އަމީރު ޝެއިހް ނަވާފް އަކީ ސިޔާސީގޮތުން މާ ފާހަގަ ކޮށްލެވޭ ބޭފުޅެއް ނޫނެވެ. އެކަމަކު ޝާހީ އާއިލާގެ ތާއީދު ވަރަށް ބޮޑަށް އޮވެ އެވެ.

އަމީރު ޝެއިހް ނަވާފް ވަނީ މީގެ ކުރިން ކުވައިތުގެ ޑިފެންސް މިިނިސްޓަރުކަމާއި އިންޓީރިއާ މިނިސްޓަރުކަން ކުރައްވާފައި އެވެ.

ކުވައިތުގެ އަމީރު އަވާހަރަވުމުން އިސްލާމީ ގައުމުތަކުގައި ވަނީ އެމަނިކުފާނުގެ މައްޗަށް ކަށުނަމާދުކޮށްފައި އެވެ. އަދި އިސްލާމީ ގިނަ ގައުމުތަކުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް