ފްލައިމީގެ އެތެރޭގެ އުދުހުންތައް އަލުން ފަށައިފި

އަމިއްލަ އެއާލައިން ފްލައިމީގެ އެތެރޭގެ ދަތުރުތައްް އަލުން ފަށައިފި އެވެ. ފްލައި މީގެ އެތެރޭގެ ދަތުރުތައް މެދުކަނޑާލީ ކޯވިޑް-19 އާއި ގުޅިގެން މިދިޔަ މާޗް މަހުގެ ތެރޭގައި އެވެ. އަލުން ދަތުރުތަށް ފެށިނަ...

01 Oct 2020 | 07:33

އަމިއްލަ އެއާލައިން ފްލައިމީގެ އެތެރޭގެ ދަތުރުތައްް އަލުން ފަށައިފި އެވެ.

ފްލައި މީގެ އެތެރޭގެ ދަތުރުތައް މެދުކަނޑާލީ ކޯވިޑް-19 އާއި ގުޅިގެން މިދިޔަ މާޗް މަހުގެ ތެރޭގައި އެވެ.

އަލުން ދަތުރުތަށް ފެށިނަމަވެސް އަދި އެ އާލައިންގެ ދަތުރުތައް ކުރަނީ އދ. މާމިގިއްޔަށް އެކަންޏެވެ. އެއީ އެތެރޭގެ އުދުހުންތަކުގައި މީހުންދަތުރު ކުރާލެއް މަދު ކަމުން ކަމަށް ބުނެ އެވެ.

ފްލައިމީން މާލެ އާއި މާމިގިއްޔާއި ދެމެދު ދުވާލަކު ހަތަރު ފްލައިޓު ބާއްވަން ނިންމާފައިވެ އެވެ.

ފްލައިމީން ބުނީ އަންނަ މަހުގެ ތެރޭގައި އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ކުރިން އެ އާލައިންގެ ދަތުރުތައް ބ. ދަރަވަންދޫއާއި އައްޑޫ ސިޓީއަށް ކުރި އެވެ.

ފްލައިމީން ވަނީ މިދިޔަ މަހު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ދަތުރުތައް ސްރީލަންކާއަށްފަށައިފަ އެވެ. އެ ކުންފުނިން ބުނީ އަންނަ އަހަރު އިންޑިއާ އާއި ޗައިނާއަށް ދަތުރުތައް ފަށަން އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް