އެމްޓީސީސީގެ ޑްރެޖަރު "މަހާ ޖައްރާފް" ގައި ދެން މަސައްކަތްކުރާނީ ހުސް ދިވެހިންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ސަރުކާރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ 7 އޮކްޓޯބަރު 2020 އިން ފެށިގެން މަހާ ޖައްރާފްގައި މަސައްކަތްކުރާނީ ހަމައެކަނި ދިވެހިންކަމަށާއި މީގެ ސަބަބުން، ބޭރުގެ ފަރާތްތަކަށް އެމްޓީސީސީއިން ދައްކާ ފައިސާ މަދުވެގެންދާނޭކަމަށެވެ.
އެ ޕްރޮގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ މި ނިންމުމުގެ ސަބަބުން ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނޭކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ތައް ގެއްލިފައިވާއިރު އެމްޓީސީސީގެ މި ނިންމުމުގެ ސަބަބުން ދިވެހިންނަށް ފައިދާތަކެއް ވާނޭކަމަށް ބެލެވޭކަމަށް ވެސް އާދަމް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަކޮށްގެން ގެނައި މި މަހާޖައްރާފް ރާއްޖެ ގެނެސްފައިވަނީ 2017 ވަނަ އަހަރު އޮކްޓޫބަރުމަހުގެ 25 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް