އިންޖީނުގެ ހޫނުން އުފައްދާ "ސްޓެލްކޯ ފެން"، ރާއްޖޭގައި އުފައްދާ އެންމެ ސާފު ފެން!

ރާއްޖޭގައި މިނަރަން ވޯޓާ ނުވަތަ ފުޅީގައި ބަންދުކޮށްގެން ފެން ވިއްކާ ފާހަގަ ކޮށްލެވޭ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ. ކޮންމެ ކުންފުންޏަކުން އެ ކުންފުނިން އުފައްދާ ފެނުގެ ފެންވަރު ރަނގަޅުކޮށް ސާފު ބޯފެނ...

01 Oct 2020 | 06:44

ރާއްޖޭގައި މިނަރަން ވޯޓާ ނުވަތަ ފުޅީގައި ބަންދުކޮށްގެން ފެން ވިއްކާ ފާހަގަ ކޮށްލެވޭ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.

ކޮންމެ ކުންފުންޏަކުން އެ ކުންފުނިން އުފައްދާ ފެނުގެ ފެންވަރު ރަނގަޅުކޮށް ސާފު ބޯފެން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބުރަ މަސައްކްތަކެއް ކުރެ އެވެ. އަދި ތަފާތު ގޮތްގޮތަކަކަށް ފެން އުފެއްދުމަށް މަސައްކަތް ކުރެ އެވެ.

ރާއްޖޭގައި ފެން ފުޅީގައި ބަންދުކޮށްގެން ވިއްކާ ކުންފުނިތަކުގެ ތެރެއިން ސަރުކާރުގެ ކަރަންޓު ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ސްޓެލްކޯގެ "ސްޓެލްކޯ ފެން" އަކީ ތަފާތު، ފެންވަރު ރަނގަޅުކޮށް އުފައްދާ ފެނެކެވެ. ސްޓެލްކޯއިން ފެން އުފައްދަނީ އިންޖީނުގެ ހޫން ނުކުންނަ އާވިންނެވެ.

މި ފެން އުފެއްދުމުގައި އެހެން ކުންފުނިތަކާއި ހުރި ތަފާތަކީ މިއީ ރާއްޖޭގައި ތައްޔާރު ކުރެވޭ އެންމެ ސާފު ފެނަށްވުމެވެ. ސްޓެލްކޯއިން އާވިން ފެން އުފައްދާއިރު އެހެން ކުންފުނިތަކުން ފެން އުފައްދަނީ ވާރޭ ފެނުންނެވެ.

ސްޓެލްކޯގެ ސީނިއާ މެނޭޖަރު އަޙްމަދު އިބްރާހިމް "ދުވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "ސްޓެލްކޯ ފެން" އަކީ ތިމާވެއްޓާއި ރައްޓެހިކޮށް ތައްޔާރުކުރެވޭ ފެނެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާޢްޖޭގައި އުފައްދައި ބަންދުކޮށްގެން ވިއްކާ އެހެން ފެނާއި ސްޓެލްކޯގެ ފެނާއި ހުރި ތަފާތަކީ ރާއްޖޭގެ އެހެން ކުންފުނިތަކުން އުފައްދާ ފެނަށް ވުރެ މި ފެނުނުގެ ސާފުކަން ތިން ގުނަ އިތުރުވުމެވެ.

"އެހެން ކުންފުނިތަކުން އުފައްދާ ފެނަކީ އެއީ ޑީސެލިނޭޓެންޑް ވޯޓާ. މިއީ މުޅިން ތަފާތު ދެ ޓެކްނޮލޮޖީއެއް. އެހެންވީމާ އެމީހުން ސެކަންޑް، ތާޑް، ފޯތު ބައިޕާސް ހަދައިގެން މަލްޓިޕްލް ލެވެސްް އޮފް އިންސިއުލޭޝަން އެއްވަރުކޮށްގެންވެސް މި ލެވެލްގެ ޕިއުރިޓީއެއް ނާންނާނެ. މިއީ ހަމަ އެންމެ ޕިޔޯ ވޯޓަރ އޭ ބުނެވޭނީ،" އަހުމަދު ވިދާޅުވި އެވެ.

ސްޓެލްކޯއިން ފެނުގެ ބާޒާރަށް ނުކުމެ އިންޖީނުގެ އާވިން ނުކުންނަ ހަކަތައިން ފެން އުފައްދައިގެން ވިއްކަން ފެށީ 2017 ވަނަ އަހަރު އެވެ. އެކަމަކު އެ ކުންފުނީގެ މުވައްޒަފުން މި ފެން ބޯން ބޭނުންކުރާތާ 25 އަހަރު ވެއްޖެ އެވެ. އަދި ފެނުގެ ވިޔަފާރިއަށް ނުކުތުމުގެ ކުރިން އެމްޑަބްލިއުއެސްސީއަށް މި ފެން ފޯރުކޮށްދީފައިވެ އެވެ.

ސްޓެލްކޯއިން ވިއްކަނީ ފަސް ލީޓަރުގެ ފެންފުޅި އެކަންޏެވެ. އެކަމަކު ވަރަށް ކައިރި މުސްތަގުބަލެއްގައި 20 ލީޓަރު ފެންފުޅި ވިއްކަން ފަށަން ދަނީ ތައްޔާރުވަމުންނެވެ. ސްޓެލްއިން ފަސް ލީޓަރުގެ ފެން ކޭހެއް ވިއްކަނީ 48 ރުފިޔާ އަށެވެ.

މި އަގަކީ އެ ކުންފުނިން ފެން ބަންދުކޮށްގެން ވިއްކަން ފެށީންސުރެ ވިއްކާ އަގެވެ. އަހުމަދު ވިދާޅުވީ އެންމެ ބޮޑަށް އެކުންފުނިން ބޭނުންވަނީ މިހާރު މާކެޓުގައި ލިބެން ހުންނަ ފެނަށްވުރެ ފެންވަރު ރަނގަޅު އަދި އަގު ހެޔޮ ފެން ވިއްކުން ކަމަށްވާތީ މިހާރު ވިއްކަމުންދާ އަގަށް ބަދަލު ގެންނަން ނުސްވިނާ ކަމަށެވެ.

"ސްޓެލްކޯ ފެން" ގެ 10 ކޭސް ގަތުމުން އެއް ކޭސް ހިލޭ ލިބެ އެވެ. އަދި 10 ކޭސް ގަތުމުން މާލޭ ސިޓީގެ ކޮންމެ ތަނަކަށް ހިލޭ ޑެލިވަރީ ކޮށްދެ އެވެ. ސްޓެލްކޯއިން ބުނީ މިވަގުތު ޑެލިވަރީގެ ހިދުމަތް އަމާޒުކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް އެކަނި ކަމަށެވެ. އެކަމަކު ސްޓެލްކޯއިން އިންޖީނުގެ ހިންގާ ބައެއް ރަށްރަށަށް ފެން ޑެލިވަރީ ކުރެވިދާނެ ކަމަށް ބުނެ އެވެ.

ކޮންމެ ދުވަހަކު ސްޓެލްކޯއިން އުފައްދާ "ސްޓެލްކޯ ފެން" ގެ 600 ކޭސް އުފެއްދުމުގެ ގާބިލްކަން އެ ކުންފުނީގައި އެބަހުއްޓެވެ. އޭގެ ތެރެއިން ބާޒާރަށް ނެރެނީ 300 ކޭހެކެވެ. އަނެއް 300 ކޭސް ފެނަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ދޭ ފެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް