އާ ކުންފުންޏާއެކު އެއަރޕޯޓުތަކަށް ވިޔަފާރީގެ ދިރުން ގެނެސްދޭނެ: ޓޫރިޒަމް މިނިސްޓަރ

އާ ކުންފުންޏާއެކު އެއަރޕޯޓުތަކަށް ވިޔަފާރީގެ ދިރުން ގެނެސްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ނަމުގައި ރައީސުލް...

01 Oct 2020 | 06:37

އާ ކުންފުންޏާއެކު އެއަރޕޯޓުތަކަށް ވިޔަފާރީގެ ދިރުން ގެނެސްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އާ ޖކުންފުންޏެއް އުފެއްދެވުމުން ކުރެއްވި ޓްވީޓެއްގަ އެވެ.

ޑރ. މައުސޫމުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އެ ކުންފުންޏާއެކު އައްޑޫ ސިޓީގެ ގަން އެއަރޕޯޓާއި އެހެނިހެން އެއަރޕޯޓުތަކަށް ވެސް ވިޔަފާރީގެ ދިރުން ގެނެސްދޭނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ މި ނިންމެވުމަށް ޑރ. މައުސޫމް ވަނީ ތައުރީފުކުރައްވާފަ އެވެ.

https://twitter.com/Mausoom_Maus/status/1311357674345213953

ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށާއި މިއީ ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ވަނީ ބވުނެފަ އެވެ.

ރާއްޖޭގައި މިހާރު ވެސް 14 އެއަރޕޯޓް ހިންގާ އިރު، ބައިނަލްއަގުވާމީ އެއަރޕޯޓުތަކުގެ ގޮތުގައި ބަލަމުން އަންނަނީ އިންޓަރނޭޝަނަލް އެއަރޕޯޓުތަކުގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެވެ.

ބ. ދަރަވަންދޫ، ރ. އިފުރު، ތ. ތިމަރަފުށި، ދ. ކުޑަހުވަދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ، ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކު ގައި އަޅާފައުވަނީ ޑޮމެސްޓިކް އެއަރޕޯޓެވެ.

ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނިޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮތުމެވެ.

އެގޮތުން މި ސިޔާސަތާއި އެއްގޮތަށް ސަރުކާރުން އަންނަނީ އިތުރު އެއަރޕޯޓުތައް ތަރައްގީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް