އެމްޓީސީސީގެ ހިއްސާގެ ފައިދާ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީން މިދިޔަ އާދިއްތަ ދުވަހުގެ ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް ދެ ރުފިޔާ ބަހާށެވެ.
ހިއްސާގެ ފައިދާ ނަގަން ބޭނުންވާ ހިއްސާދާރުން އެ ކުންފުނިން ދޫކުރާ "ބޭންކަށް ހިއްސާގެ ފައިދާ ޖަމާކުރުމަށް އެދޭ ފޯމް" ފުރުމަށްފަހު ފޯމާއިއެކު އެފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހަޅަންޖެހެ އެވެ. އެމްޓީސީސީން ބުނީ އެފަރާތްތަކުގެ ހިއްސާގެ ފައިދާ ބޭންކު އެކައުންޓަށް ޖަމާކޮށްދެވޭނެ ކަމަށެވެ/
އުމުރުން 18 އަހަރު ނުވާ ހިއްސާދާރެއްނަމަ، ބެލެނިވެރިޔާގެ ނުވަތަ ޝަރުއީ ބަލަދުވެރިޔާގެ ސިޓީ އަދި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ.
އެ ކުންފުނިން ބުނީ ހިއްސާގެ ފައިދާއަށް އެދޭތާ އެއް މަސްދުވަހުގެ ތެރޭގައި އެ ފައިސާ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށެވެ.
2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް