ހުޅުމާލޭ ދެވަނަ ވިޔަވައްސާއި ގުޅުވައިދޭ ބްރިޖު އެކެއް އާންމުންނަށް ހުޅުވާލައިފި

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސަށް އަރައި ފޭބުމަށް ހަދަމުންދާ ބްރިޖުތަކުގެ ތެރެއިން ބްރިޖު އެކެއްް އާންމުންނަށް ހުޅުވާލައިފި އެވެ. އެޗްޑީސީން ބުނީ މިއަދުން ފެށިގެން އާންމުންނަށް ބްރިޖު...

01 Oct 2020 | 06:13

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސަށް އަރައި ފޭބުމަށް ހަދަމުންދާ ބްރިޖުތަކުގެ ތެރެއިން ބްރިޖު އެކެއްް އާންމުންނަށް ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އާންމުންނަށް ބްރިޖު އެކަކުން ފަސޭހަ ކަމާއި އެކު އަރައި ފޭބުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. މި ބްރިޖު އަޅާފައިވަނީ ނިރޮޅު މަގާއި ގުޅޭ ގޮތަށެވެ.

އެޗްޑީސީން ބުނީ ދެ ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށްގެން ބައެއް މީހުން ދިރިއުޅެން ފަށާފައިވާ ކަމަށެވެ. މި ބްރިޖު ހުޅުވާލަން ނިންމީ އެމީހުންނަށް ދެވަނަ ފިޔަވައްސަށް އަރައި ފޭބުމުގައި ދިމާވަމުންދާ މައްސަލަތައް ހައްލުކޮށްދިނުމަށެވެ.

މީހުން ދިރިއުޅޭ ސަރަހައްދުތައް ފިޔަވައި ދެވަނަ ފިޔަވަހީގެ އެހެން ސަރަހައްދުތަކަށް އެޗްޑީސީގެ ހުއްދަ ނެތި އާންމުން ދިއުމަކީ މަނާ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން ދެ ވަނަ ފިޔަވަހީގެ ގޮނޑުދޮށް ބޭނުން ކުރާ ނަމަ އެޗްޑީސީގެ ގަވައިދުތަކާއި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރެ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހި ގުޅުވައި ލުމަށް ހަތަރު ބްރިޖު އަޅައެވެ. އެ ބްރިޖިތަކުގެ މަސައްކަތް މިހާޜު ވަނީ ގާތްގަނޑަކަށް ނިމިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް