ކޯވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށް ސިންގަޕޫރުގައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ހޮޓާ ރެސްޓޯރެންޓުން ކައި ނިމުމުން ވަގުތުން މާސްކު އަޅަން ޖެހޭގޮތަށް އޮތް ނިންމުމާ ހިލާފުވި 32 މީހަކު ޖޫރިމަނާކުރަން ނިންމައިފިއެވެ.
މި 32 މީހުންކުރެ ކޮންމެ މީހަކު 300 ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ.
ސިންގަޕޫރުގެ ސަލާމަތީ ހިދުމަތްތަކުން ބުނެފައިވާގޮތުގައި ހޮޓާ ރެސްޓޯރެންޓްތަކުން ކެއުން/ބުއިމަށް އިންސާފުކުރާ ފަރާތްތަށް މި އުސޫލަށް އަމަލުކުރޭތޯ ޔަގީން ކުރުމަށް ފުލުހުން ހަރަކާތްތެރިވާނެއެވެ. އަދި އެ އުސޫލަށް އަމަލުނުކުރާނަމަ ވަގުތުން ޖޫރިމަނާ ކުރާނެއެވެ.
5.6 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި ކޯވިޑަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 57ހާސް މީހުންނެވެ. މަރުވެފައިވަނީ 27 މީހެކެވެ. ކޯވިޑު ކޮންޓްރޯލް ކުރުމަށް ސިންގަޕޫރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް