ބަނޑުލާ ފިރިހެނުންގެ ނިސްބަތް އަށްޑިހަ ދެ އިންސައްތަ އިތުރުވެއްޖެ: ދިރާސާ

ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި ބަނޑުލާފައި ހުނަން މީހުންގެ ނިސްބަތް އަށްޑިހަ ދެ އިންސައްތަ އިތުރުވެފައިވާކަމަށް ދާދިފަހުން ހާމަކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ. ޞިއްޙަތާ ބެހޭ މަޖައްލާއެއްކަމުގަ...

01 Oct 2020 | 02:24

ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި ބަނޑުލާފައި ހުނަން މީހުންގެ ނިސްބަތް އަށްޑިހަ ދެ އިންސައްތަ އިތުރުވެފައިވާކަމަށް ދާދިފަހުން ހާމަކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ޞިއްޙަތާ ބެހޭ މަޖައްލާއެއްކަމުގައިވާ ”ދި ލާންސެޓް“ އިން ކުރި މި ދިރާސާއިން ދައްކާގޮތުން އާދަޔާޚިލާފަށް ބަނޑު ލުމުގެ ސަބަބުން ޖެހުނު ބަލިތަކުގައި 2010 ވަނަ އަހަރު ތިން މިލިޔަން މީހުން ވަނީ މަރުވެފައެވެ. މިއީ ބަނޑުހައި ހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ ނިސްބަތަށްވުރެ ތިން ގުނަ އިތުރު ޢަދަދެކެވެ.

ދުނިޔޭގެ ފެންވަރުގައި ކުރެވުނު މި ބޮޑު ދިރާސާއިން އެގުނުގޮތުގައި ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި އިންސާނުންގެ އެވްރެޖް ޢުމުރު މައްޗަށް ގޮސްފައިވާއިރު ނުރައްކާތެރި ބަލިތައްވެސް ދަނީ އިތުރުވަމުންނެވެ. އަނެއްކޮޅުން އެކި ޤައުމުތަކުގެ މީހުންގެ މެދުގައި އެވްރެޖް ޢުމުރުގައި ވަރަށް ބޮޑެތި ތަފާތުތަކެއްވެސް އެބަހުއްޓެވެ. އަވަހަށް މަރުވާ މީހުންގެ ނިސްބަތް އެންމެ މަތީގައި އުޅެނީ އެފްރިކާގެ ސަބް ސަހާރާ ސަރަޙައްދުގެ ޤައުމުތަކުގައެވެ.

ދެހާސް ދިހަވަނަ އަހަރު އެއިޑްސް ބަލީގެ ސަބަބުން ދޮޅު މިލިޔަން މީހުން މަރުވެފައިވާކަމަށާއި މުޅި ދުނިޔޭގައިވެސް ބަލިމަޑުކަން އިތުރުވަމުން ދިޔުމުގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރޭގައި ލޭމައްޗަށް ދިއުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ބަނގުރާ ބުއިން ޢާންމުވަމުން ދިއުން ހިމެނޭކަމަށް މި ދިރިސާއިން ވަނީ ހާމަވެފައެވެ.

ފައްސަތޭކަ މީހުން ބައިވެރިވެގެން ކުރި މި ދިރާސާ ފުރިހަމަކުރެވިފައިވަނީ ފަސް އަހަރު ދުވަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް