މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ފިލާވަޅުތައް ނުގެއްލޭނެކަމުގެ ޔަގީންކަން ދެން: އެޑިއުކޭޝަން މިނިސްޓަރ

ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރިއިރު، މާލެ ސަރަހައްދު ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު ވެސް ކުޑަނުވާނެ ކަމަށާއި އަދި މާލޭ ސަރަހައްދުތަކުގެ ސްކޫލުތަކުގައި...

01 Oct 2020 | 01:20

ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރިއިރު، މާލެ ސަރަހައްދު ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު ވެސް ކުޑަނުވާނެ ކަމަށާއި އަދި މާލޭ ސަރަހައްދުތަކުގެ ސްކޫލުތަކުގައި ކިޔާ ކުދިންނަށް އެކުދިންގެ ފިލާވަޅުތައް ނުގެއްލޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަން ނިންމައި، އަންނަ ހަފުތާއިން ފަށައިގެން އެގޮތަށް އަމަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައިވާއިރު، މި ނިންމެވުމާއި ގުޅިގެން ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލުތަކާއި، އަތޮޅުތެރޭގެ އަދި ކޮވިޑްގެ ކޭސްއެއް ނެތް ސްކޫލުތަކުގައި ވެސް ކިޔަވައިދިނުމަށް ޚާއްސަ ޕްލޭންތައް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ކިޔަވައިދިނުމަށް ހަމަޖައްސާފައިވަނީ ވަކި ވަރަކަށް ގަޑި ކޮންމެ މާއްދާއަކަށް ހަފްތާއަކު ނަގާ ގޮތަށް ކަމަށާއި އަދި އެގަޑި ނަގަނީ ފިޒިކަލްކޮށް ނުވަތަ އޮންލައިން ކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ކޭސްއެއް ނެތް ރަށްރަށުގައި އޮންލައިން ކިވައިދެއްވާ ކްލާސްތައް މަދުވާނެ ކަމަށާއި، އެގޮތުން އެފަދަ ރަށްރަށުގެ ސްކޫލުތަކުގައި ފިޒިކަލް ކްލާސްތައް އިތުރުވާނެ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދު ސްކޫލުތަކުގައި އޮންލައިން ކްލާސްތައް ގިނަވެފައި ފިޒިކަލް ކްލާސްތައް މަދުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ވިދާޅުވީ

ކްލާސް ނަގަމުންދާ ވަގުތު ނުވަތަ ސްކޫލުގައި ހުއްޓައި އެ ދަރިވަރަކީ ކޮވިޑް-19 ކޮންޓެކްޓެއްކަން އެނގިއްޖެ ހާލަތެއްގައި ނުވަތަ ކުއްޖެއްގެ ފުށުން ބަލީގެ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި ވެސް އެ ސްކޫލަކަށް އެކަށީގެންވާ ގޮތަށް އަމަލުކުރާނެ ތަފްސީލީ އެސްއޯޕީތަކެއް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ހާލަތެއްގައި ދަރިވަރުން ގެންދާނީ ސްކޫލުގައި ހަދާފައި ހުންނަ އައިސޮލޭޝަން ރޫމްއަށް ކަމަށާއި، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެދަރިވަރަކު ގެއަށް ގެންދިއުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލްތައް ހުޅުވާލި ނަމަވެސް އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ރައްކާތެރިކަމަށް ކަމަށް ވިދާޅުވެ ޑރ. އައިޝަތު ވަނީ ހުރިހާ ކަމެއް ވެސް ގާތުން މޮނީޓަރ ކުރެވެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަންނަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކީ ސްޓޭޖް 4 (ގްރޭޑް 10-9) އަދި ކީ ސްޓޭޖް 5 ( ގްރޭޑް 12-11) ގެ ކިޔަވާ ކުދިންނަށް ސްކޫލަށް ގޮސްގެން ކިޔަވައިދޭން ފެށުމަށް ނިންމާފައިވާއިރު،  އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ރައްކާތެރިކަމަށް ކަމަށާއި އެގޮތުން ހުރިހާ ކަމެއް ވެސް ވަރަށް ގާތުން މޮނީޓަރ ކުރެވެމުންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް