ކޯވިޑް ނެތް ރަށްރަށުގައި ސްކޫލްގައި ކިޔަވައިދޭ ވަގުތު އިތުރު ކުރަނީ

ކޯވިޑް-19 ގެ ކޭސްއެއް ނެތް ރަށްރަށުގައި ސްކޫލްގައި ކިޔަވައިދޭ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ. ކޯވިޑާއި ގުޅިގެން އާންމު ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން ފެށި ފަހުން ސްކޫލްގައި ކިޔަވައިދެމުން ދަނީ...

30 Sep 2020 | 19:15

ކޯވިޑް-19 ގެ ކޭސްއެއް ނެތް ރަށްރަށުގައި ސްކޫލްގައި ކިޔަވައިދޭ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.

ކޯވިޑާއި ގުޅިގެން އާންމު ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން ފެށި ފަހުން ސްކޫލްގައި ކިޔަވައިދެމުން ދަނީ ހަފްތާ އަކު ހަތަރު ދުވަހު ހަތަރު ގަޑިއިރެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޯވިޑްގެ އެއްވެސް ކޭސްއެއް ނެތް ރަށްރަށުގެ ސްކޫލްތަކުގައި ހަފްތާއަކު ހަތަރު ދުވަހު ކިޔަވައިދޭ ވަގުތު ފަސް ގަޑިއިރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކިޔަވައިދޭ ވަގުތު އިތުރު ކުރަން ނިންމީ ދަރިވަރުން ސްކޫލަށް ގޮސް ކްލާސް ރޫމުގައި ކިޔަވައި ދިނުމަށް ލިބޭ ފައިދާތަކަށް ރިއާޔަތް ކޮށް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ކޯވިޑް ފެތުރުން އިތުރުވުމާއި މާލޭގައި ކީ ސްޓޭޖް ހަތަރެއް އަދި ފަހަކަށް ސްކޫލްތަކުގައި ކިޔަވައި ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަނެއްކާވެސް އެ ސްޓޭޖް ތަކުގެ ގްރޭޑުތަކަށް ކިޔަވައިދޭން އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި އެވެ. ކީ ސްޓޭޖް ހަތަރެއް އަދި ފަހަކީ ގްރޭޑް9-12 އެވެ.

މިނިސްޓަރު ވިދާޅުވީ އަލުން ކިޔަވަން ފަށާއިރު ކުރިންވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރާނެ ކަމަށެވެ.  އެގޮތުން ސްކޫލަށް ވަންނަ އިރު ފިނިހޫނުމިން ބެލުން، މާސްކު އެޅުން އަދި އަތް ދޮވުން މަޖުބޫރު ވާނެ ކަމަށެވެ.

ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކޮށްދެމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ސްކޫލް މާހައުލުން އެއްވެސް ދަރިވަރަކަށް ބަލި ޖެހިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް