އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ކޯވިޑް-19 އަށް އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު ކޯވިޑް-19 އަށް ރާއްޖެއިން 199 މީހުން ޕޮސިޓިވް ވި...

01 Sep 2020 | 18:04

ކޯވިޑް-19 އަށް އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު ކޯވިޑް-19 އަށް ރާއްޖެއިން 199 މީހުން ޕޮސިޓިވް ވި ކަމަށެވެ. އޭގެ ތެރެއިން 145 މީހުންނަކީ ދިވެހިންނެވެ.

އިތުރަށް ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 42 މީހުންނާއި އިންޑިއާގެ ފަސް މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ސްރީލަންކާގެ ތިން މީހުންނާއި އެމެރިކާ ދެ މީހުންނާއި ޗައިނާ މީހަކާއި ޖަޕާނު މީހެކެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 2،703 މީހުންނަށެވެ. އޭގެ ތެރެއިން 162 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 5،265 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 8،003 މީހުންނެވެ. އޭގެ ތެރެއިން 29 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް