ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމާއި ހިސާބަށް ގޮސްފި

ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމ...

01 Sep 2020 | 13:35

ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި އެވެ.

މިއަދު ހައިކޯޓުގައި ކުރިޔަށް ގެންދިޔަ އިސްތިއުނާފު އަޑުއެހުމުގައި ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދީފައިވެ އެވެ. މިއަދުގެ އަޑުއެހުން ފަނޑިޔާރު ނިންމަލާވެއްލީ ދެން އޮންނާނީ ހުކުމް ކުރުމުގެ އަޑުއެހުން ކަމަށް ވިދާޅުވެފައި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުލާސާ ބަޔާން ހުށަހަޅުއްވައި ދެއްވައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އެވެ. އަދި އަމިއްލަ ދިފާއުގައި ރައީސް ޔާމީން ވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ އެ ކުށް އެމަނިކުފާނުގެ މައްޗަށް ގާނޫނީ ހަމަތަކުން ސާބިތު ނުވާނެ ކަމަށެވެ. އަދި މި މައްސަލައިގަ ޔާމީނާއި ދެކޮޅަށް ހެކި ދެއްވާފައިވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހަސަވެރިކަން އޮތް ބޭފުޅުންނަށް ވާތީ އެއީ ގަބޫލު ކުރެވޭ ހެކިތަކެއް ނޫން ކަމަށެވެ.

ރައީސްް ޔާމީން އާއި ދެކޮޅަށް މި މައްސަލައިގައި ހެކި ބަސް ދެއްވާފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް