އަންނަ މަހުގެ15 ވަނަ ދުވަހު ގެސްޓު ހައުސްތައް އާންމުކޮށް ހުޅުވުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ގެސްޓު ހައުސްތައް ހުޅުވާލުމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހާމަކުރާނީ މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށެވެ. ގެސްޓު ހައުސްތައް ހުޅުވާލުމަށް ނިންމީ ރޭ ކަމާ ބެހޭ ފަރާތްތަކުން ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ގެސްޓު ހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދޭނީ ރަށު ކައުންސިލްތަކާއި މަޝްވަރާ ކުރުމަށް ފަހު އެޗްޕީއޭގެ ގައިޑްލައިނަށް ފެތޭ ތަންތަނަށެވެ. އެ ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
https://twitter.com/MoTmv/status/1300780086220615693
ގެސްޓު ހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައި މިވަނީ ރިސޯޓުތަކާއި ސަފާރީތަކަށް ޓޫޜިސްޓުން ގެނައުމުގެ ހުއްދަ ދިންތާ ދެ މަސް ދުވަސް ފަހުންނެވެ. ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ނުދީގެން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކުރީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެވެ.
ރަށްރަށުގެ ގެސްޓް ހައުސްތައް ނުހުޅުވި ނަމަވެސް މިހާރުވެސް މާލޭގެ ގެސްޓް ހައުސްތައް ޓްރާންސިޓް ތަންތަނުގެ ގޮތުގައި ބޭންނު ކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް