އަތޮޅު ތެރެއިން ކޯވިޑް-19 އަށް އެއް ދުވަހާއި އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވި ދުވަހަށް މިއަދު ވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ މިއަދު އެކަނި ހަތް ރަށަކުން 20 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެ އެންމެންނަކީ މާލެއިން ހޯމް ކަރަންޓީނަށް ގޮސްތިބި މީހުންނެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ށ. ފީވަކުން 54 އަހަރުގެ ފިރިހެނަކާއި ރ. ރަސްމާދޫއިން 65 އަހަރުގެ ފިރިހެނެކެވެ. ރ. އިނގުރައިދޫން ޕޮސިޓިވްވެފައިވަނީ އެއް އަހަރުގެ އަންހެން ކުއްޖަކާއި 26 އަހަރުގެ އަންހެނަކާއި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 52 އަހަރުގެ އިންޑިއާ މީހެކެވެ.
ބ. އޭދަފުށިން ޕޮސިޓިވްވެފައިވަނީ ތިން މަހުގެ އަންހެން ކުއްޖަކާއި ތިން އަހަރުގެ އަންހެން ކުއްޖެކެވެ. ދެން އެ ރަށުން ޕޮސިޓިވްވެފައިވަނީ 42 އަހަރުގެ އަންހެނަކާއި 64 އަހަރުގެ އަންހެނެކެވެ.
ޅ. ނައިފަރުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 57 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނަކާއި ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިނެކެވެ. ދ. ކުޑަހުވަދޫއިން ޕޮސިޓިވްވެފައިވަނީ އެއް މަހާއި ތިން މަހުގެ ދެ ފިރިހެން ކުދިންނާއި 24 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ.
މީގެ އިތުރުން ދެން އަތޮޅު ތެރެއިން ހޯމް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ގއ. ދާންދޫ ހަތަރު މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 59 އަހަރުގެ އަންހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 7،804 މީހުން ޕޮސިޓިވްވެފައިވާއިރު 29 މީހުން ވަނީ މި ބަލީގައި މަރުވެފައި އެވެ. ބަލިން ރަނގަޅުވެފައިވަނީ 5،155 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް