ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ފުރައްސާ ކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ނިމިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަން ފުލުހުން ހާމަ ކުރީ މިދިޔަ ޖުލައި މަހުގެ އަށްވަނަ ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުންދަނީ ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން އިޖުރާތުތައް ފުރިހަަ ކުރުން ކަމަަށް ވިދާޅުވި އެވެ.
މި މައްސަލައިގަ މިހާތަނަށް އަލީ ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު އޭނާގެ ގެ ބަލައި ފާސްކޮށް އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުފެ ދަށަށް ގެންގޮސްފައިވެ އެވެ އަދި ފަހުން ވަނީ ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައި އެވެ.
މި މައްސަލައިގަ އަލީ ވަހީދު އަމިއްލައަށް ޓޫރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދިނުމަށް ދިން ފުރުސަތުގެ ބޭނުން ނުހިފުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން ވަކި ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް