އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި ޕީއެންސީގެ ވެރިންނަށް އިލެކްޝަންސް ކޮމިޝަނުން ނަސޭހަތް ދީފި އެވެ.
އެ ދެޕާޓީގެ ވެރިންނަށް ނަސޭހަތް ދީފައި މިވަނީ މިދިޔަ ހުކުރު ދުވަހު މާލޭގައި އިދިކޮޅުން ކުރި މުޒާހަރާ އާއި ގުޅިގެން ޕީޕީއެމް އަދި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ފަހު އެވެ.
އީސީން މިއަދު ބުނީ ދެ ޕާޓީގެ އިސްވެރިންނަށް ނަސޭހަތް ދިނީ ގާނޫނާއި ހިލާފަށް ކުރިޔަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި ބާއިވެރިވާތީ ކަމަށެވެ. އީސީން ބުނީ އެފަދަ ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުކޮށް ބައިވެރިވެފައިވާތީ އެފަދަ ކަންކަން އިތުރަށް ތަކުރު ނުކުރުމަށް ނަސޭހަތް ދީފައިވާނެ ކަމަށެވެ.
https://twitter.com/ElectionsMv/status/1300722719290322944
ޕީޕީއެމް އާއި ޕީއެންސީ ޖޫރިމަނާ ކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެއްވުން މަނާކޮށްފައިވަނިކޮށް އެއްވުން ބާއްވާފައިވާތީ އެވެ. އަދި އެއްވުމުގައި އިޖުތިމައީ ގައިދުރުކަން ބަހައްޓާފައި ނުވުމާއި ބބައެއް މީހުން މާސްކު ނާޅައި އުޅެފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް