ގއ. ދާންދޫއިން ކޯވިޑް-19 އަށް ދެ މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
ދާންދޫ ކައުންސިލުން މީޑިއާގައި ބުނީ ޕޮސިޓިވްވެފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީން ފުރިހަ ކުރި ދެ މީހުންނެވެ. އެއީ އުމުރުން 59 އަހަރުގެ އަންހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.
އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
އެޗްއީއޯސީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 31 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 52 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 47 މީހުންނަކީ ދިވެހިންނެވެ. ހަ މީހުންނަކީ ބިދޭސީންނެވެ.
މިހާތަނަށް ރާއްޖެއިން 7،804 މީހުން ޕޮސިޓިވްވެފައިވެ އެވެ. އަދި 29 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް