އިންޑިއާގައި އެޅި ބްރިޖެއް ރަސްމީކޮށް ނުހުޅުވިގެން އުޅެނިކޮށް ވެއްޓިއްޖެ

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސިއޯނީ ޑިސްޓްރިކްޓުގައި އަޅާފައިވާ ބްރިޖެއް ރަސްމީކޮށް ނުހުޅުވިގެން އުޅިގެންކޮށް ވެއްޓިއްވެ އެވެ. އެ ބްރިޖު ވެއްޓިފައިވަނީ ވައިންގަންގާ ކޯރު މަތިން އަޅާފައިވާ ބްރިޖުގެ ބައ...

01 Sep 2020 | 07:43

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސިއޯނީ ޑިސްޓްރިކްޓުގައި އަޅާފައިވާ ބްރިޖެއް ރަސްމީކޮށް ނުހުޅުވިގެން އުޅިގެންކޮށް ވެއްޓިއްވެ އެވެ.

އެ ބްރިޖު ވެއްޓިފައިވަނީ ވައިންގަންގާ ކޯރު މަތިން އަޅާފައިވާ ބްރިޖުގެ ބައެކެވެ. ދިގުމިނުގައި 350 ކިލޯމީޑަރު ދިގުމިން ހުުންނަ ބްރިޖު ގޯޕާލް އާއި ހަމައަށް އޮވެ އެވެ.

ބްރިޖު ވެއްޓުނީ ބޯކޮށް ވާރޭވެހި އެ ސަރަހައްދުގައި ހުރި ބޮޑެތި ކޯރުތައް ފުރި ބަންޑުން ވެގެން ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ތާރުގަނޑުގެ ދަށުން ވެލިގަނޑު ކަހާލައިގެންނެވެ.

ބްރިޖުގެ ބައެއް ވެއްޓުމާއި ގުޅިގެން އެ މަސައްކަތް ކުރި ކުންފުނީގެ އިންޖިނިއަރަކު މީޑިއާގައި ބުނީ ބްރިޖު ވެއްޓުނީ މަސައްކަތުގެ ފެންވަރު ދަށްވެގެން ނޫން ކަމަށެވެ. އެކަމަކު އެ މަސައްކަތް ކޮށްފައިވާ ގޮތް އަލުން ބަލާނެ ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބްރިޖު ރަސްމީކޮށް ނުހުޅުވި ނަމަވެސް އާންމުން އެ ބްރިޖު ބޭނުން ކުރެ އެވެ. ބްރިޖު ރަސްމީކޮށް ހުޅުވަން އަދި މަސްދުވަސް އެބަ އޮތެވެ.

އެ ބްރިޖަކީ އިންޑިއާގެ ބޮޑުވަޒީރު ކުރިޔަށްގެންދާ ފަގީރު އަވަށްތަކުގައި މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އެޅި ބްރިޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް