ނ. އަތޮޅުން ލ. އަތޮޅަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި

މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓު ނެރެފި އެވެ. މެޓް އޮފީހުން ބުނީ ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށެވެ. އެ ސަރަ...

01 Sep 2020 | 05:47

މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ ހެނދުނު 8:00 ން މެންދުރު ފަހު 2:00 އަށެވެ.

މެޓް އޮފީހުން ބުނީ ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.

އުދަ އަރާނެ ކަމަށް ލަފާ ކުރަނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށެވެ. ދިޔަވަރުބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިން3-6 ފޫޓުގައި ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް