ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާއަށް ފަރުވާ ދެމުން ދިޔައީ ޑީއެޗް11 އައިސީޔޫގައި އެވެ.
އެމީހާ މަރުވީ ރޭ މެންދަމު 1:42 ގައި އެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 29 ވަނަ މީހާ އެވެ.
މިހާތަނަށް މަރުވެފައިވަނީ ހަ ބިދޭސީންނާއި 23 ދިވެހިންނެވެ.
ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ހާލު ސީރިއަސް ފަސް މީހަކަށް ޑީއެޗް11ގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ އޭގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 7،804 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 5،155 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް