ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ސާތް ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަން ފަށަން ތައްޔާރު ވެއްޖެ އެވެ.
އެ ސިލްސިލާގެ ފުރަތަމަ ސީޒަން އެ ޗެނަލުން ދައްކާފައިވަނީ 2010-2017 އަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ސިލްސިލާގެ ދެ ވަނަ ސީޒަން ފެށުމަށް ތައްޔާރުވަމުން ދާއިރު ކުރިން އެ ސިލްސިލާގައި ފެނިގެންދިޔަ ރޯލްތަކަށް މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް އާ މޫނުތަކާއި ކުރިންވެސް ޑްރާމާ ސިލްސިލާތަކުން ފެނިފައިވާ ތަޖުރިބާކާރު މޫނުތައް ދެވަނަ ސީޒަންގައި ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
އެންމެ ބޮޑަށް ސަޕޯޓަރުން އެނގެން ކެތްމަދުވެފައި ތިބީ "ސާތް ނިބާނާ ސާތިޔާ"ގެ ލީޑރޯލުން ފެނިގެންދާ ގޯޕީ އާއި އެހެމްގެ ރޯލަށް ހަމަޖައްސާ މީހުން ބަލާލާށެވެ.
މި ސިލްސިލާގެ ފުރަތަމަ ޓީޒާ ސްޓާ ޕްލަސްއިން ދައްކަން ފަށާފައި ވާއިރު ގޯޕީގެ ރޯލުން ފެނިގެންދަނީ ފުރަތަމަ ސީޒަންގައި ކޯޕީގެ ރޯލުން ފެނިގެންދިޔަ ދެވޮލީނާ ބައްތަޗަރްޖީ އެވެ. އެހެމްގެ ރޯލަށް އަދި ވަކި މީހަކު ހަމަނުޖައްސާއިރު އެ ރޯލަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދަނީ ސިދާތް ޝުކްލާ އެވެ.
ދެން އެންމެ ބޮޑަށް އެ ސިލްސިލާއިން ބެލުންތެރިން ބަލައިގެން އެއް ރޯލަކީ ކޯކިލާބެން އެވެ. އެ ރޯލުން މިފަހަރުގެ ސީޒަންގައިވެސް ފެނިގެންދާނީ ފުރަތަމަ ސީޒަނުން ފެނިގެންދިޔަ ރޫޕަލް ޕަޓޭލް އެވެ.
ސާތް ނިބާނާ ސާތިޔާ އަކީ ސްޓާ ޕަލްސްއިން ދެއްކި އެންމެ މަޝްހޫރު ޑްރާމާ ސިލްސިލާތަކުގެ ތެރެއިން ސިލްސިލާއެކެވެ. އެ ސިލްސިލާގެ ސީޒަން އެކެއްގައި 2،000 އަށްވުރެ ގިނަ އެޕިސޯޑު ދައްކާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް