އަތޮޅު ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ އެންމެ ގިނަ މީހުން ތިބީ ރ. ދުވާފަރާއި ދ. ރިނބިދޫގައި އެވެ.
އެޗްއީއޯސީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 31 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 52 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 47 މީހުންނަކީ ދިވެހިންނެވެ. ހަ މީހުންނަކީ ބިދޭސީންނެވެ.
އެޗްއީއޯސީގެ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި ދުވާފަރުގައި ކޯވިޑަށް ޕޮސިޓިވްވެގެން ފަސް މީހަކަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 81 އަހަރުގެ މީހަކަށް ފަރުވާދެމުންދަނީ ބ. އަތޮޅު ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ.
ރިނބުދޫގައި ޕޮސިޓިވްވެގެން ފަސް މީހަކަށް ފަރުވާ ދެމުންދާއިރު އެންމެންވެސް ތިބީ ހޯމް އައިސޮލޭޝަންގައި އެވެ. ތ. އޮމަދޫގައި ހަތަރު މީހަކަށް ކޯވިޑް ޖެހިގެން ފަރުވާދެމުންދާއިރު ފަސް މީހުންނަށް ވުރެ ގިނައިން އެއްވެސް ރަށެއްގައި ކޯވިޑަށް ޕޮސިޓިވް މީހުންނެތް ނެތެވެ.
އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެންނަކީ މާލެއިން ރަށްރަށަށް ގޮސް ހޯމް ކަަންޓީންގައި ތިބި މީހުންނެވެ. ގދ. ތިނަދޫއިން ޕޮސިޓިވްވެފައިވާ އުމުރުން ދުވަސްވީ މީހާއަކީ ސާވައިލަންސްގެ ތެރެއިން ޕޮސިޓިވްކަން އެނގުނު މީހެއް ކަމަށް އެ ސެންޓަރުން ބުނެ އެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ތިނަދޫ އެކަންޏެވެ
އަތޮޅު ތެރެއިން ބަލި ފެނުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު ރިސޯޓުތަކުން ޕޮސިޓިވްވާ މީހުންވެސް ދަނީ އިތުރުވަމުންނެވެ.
އެގޮތުން 15 ރިސޯޓެއްގައި 14 ޓޫރިސްޓުންނާއި 18 މުވައްޒަފުން ކޯވިޑަށް ޕޮސިޓިވް ވެގެން ފަރުވާ ދެމުންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް