އިހަވަންދޫ ބޯޓެއްގެ ކެޝިއަރު ޕޮޒިޓިވް ވެ، ރަށް މޮނީޓަރިންއަށް

ހއ. އިހަވަންދުއާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޝިއަރު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކް...

01 Aug 2020 | 06:03

ހއ. އިހަވަންދުއާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޝިއަރު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އިހަވަންދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ، ޕޮޒިޓިވްވި މީހާއަކީ ހޯމް ކަރަންޓީނުގައި ހުރި މީހަކަށް ނުވާތީ ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ އެ ރަށު "242" ބޯޓުގެ ކޭޝިޔަރެވެ. އެ ބޯޓު މާލެއިން އެ ރަށަށް ދިޔައީ މިދިޔަ އަންގާރަ ދުވަހުގައެވެ. ޓެސްޓް ކުރީ އަލާމާތްތައް ފެނިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސް ރަށަށް މީހުން އަރާފޭބުން މަނާކޮށްފައިވާއިރު އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް